މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގައި، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒޭރު، ނިއު ރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗަށް ހަމަލާދީ އަނިޔާކުރި މައްސަލަ ނިއު ރޭޑިއަންޓުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ނިއު ރޭޑިއަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދެ ޓީމުގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒޭރު ވަނީ ނިއު ރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ސިކޭރާ ބާބޯސާގެ މޫނުމަތީގައި ޖަހައި މާރާމާރީ ހިންގާފައެވެ.
މި އަމަލާ ގުޅިގެން މެޗުގެ 77 ވަނަ މިނެޓުގައި ސުޒޭރަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވާކަން މެޗު ރިޕޯޓުން އެނގެން އޮތްކަމަށްވެސް އެ ކްލަބުން ފާހަގަކޮށްފައިވެއެވެ.
ފުޓްބޯޅައިގެ ތެރޭގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަން ފާހަގަކުރަމުން ނިއު ރޭޑިއަންޓުން ބުނީ، މިފަދަ އަމަލުތަކުގެ ސަބަބުން ކުޅިވަރުގެ ރޫޙާއި، ރައްކާތެރިކަމާއި، އަދި އަޚްލާޤީ މިންގަނޑުތަކަށް ބޮޑެތި އުނިކަން ލިބޭ ކަމަށެވެ.
އަދި މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށްދިނުމަށް އެދި، އެކަމާ ގުޅޭ ރަސްމީ ޝަކުވާއާއި ހެކިތައް ކަމާބެހޭ ޑިސިޕްލިނަރީ އޮތޯރިޓީތަކަށް ހުށަހަޅާފައިވާނެ ކަމަށްވެސް އެ ކްލަބުން ބުންޏެވެ.
ނިއު ރޭޑިއަންޓުން ވަނީ ދަނޑުމަތީގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި، ސްޓާފުން އަދި ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުޅިވަރު ހިންގާ ފަރާތްތަކުން އަޙްމަދު ސުޒޭރާމެދު ފަސްޖެހުމެއްނެތް ފިޔަވަޅުތަކެއް އަޅާނެކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.
އަދި އެ ކްލަބުގެ އެންމެ ބޮޑު އިސްކަމެއް މިވަގުތު އޮތީ އަނިޔާވި އެސިސްޓަންޓް ކޯޗު ލޫސިއާނޯއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކްލަބުގެ ކުޅުންތެރިން، ސްޓާފުން އަދި ސަޕޯޓަރުންގެ ހައްޤުތަކާއި ރައްކާތެރިކަން ހިމާޔަތްކުރުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު