ދަބަހެއްގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އާންމުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދި މިސްރުގެ ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ މިސްރު ރައްޔިތެކެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މީހުންނަށް ބިރުދެއްކުމާއި، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަދި ނުތަނަވަސްކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތާއި ހަބަރު ފެތުރުމުގެ ކުށެވެ.
ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައެވެ. އެ މީހާ އޭނާގެ ދައްތައާއެކު ފުރަން ގޮސް ހުއްޓައި، ޑިއުޓީގައި ތިބި ސެކިއުރިޓީ އޮފިސަރުން ވަނީ އޭނާގެ ދައްތަގެ ދަބަސް އިތުރަށް ޗެކްކުރުމަށް އެދިފައެވެ. އެ ވަގުތު އޭނާ ވަނީ އެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެފައެވެ.
އެއާޕޯޓަކީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ހައްސާސް ތަނަކަށް ވުމާއެކު، އޭނާގެ މި ބަހާ ގުޅިގެން ސެކިއުރިޓީ އޮފިސަރުން ވަގުތުން އެކަން ސަމާލުކަމަށް ގެނެސް ސިފައިންނާއި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް އެ ސަރަހައްދާއި އެ ދަބަސް ފުރިހަމައަށް ބަލައި ފާސްކުރިއިރު، އެއްވެސް ބާވަތެއްގެ ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުގެ އަޑުއެހުމުގައި އަމިއްލަ ދިފާއުގައި ވާހަކަ ދައްކަމުން އެ މީހާ ބުނެފައިވަނީ، އެއީ އޭނާ މަޖަލަކަށް ބުނެލި އެއްޗެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އެއާޕޯޓުގައި ވެސް މައާފަށް އެދިފައިވާނެ ކަމަށާއި، ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އެހެންނަމަވެސް، ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވަނީ، އޭނާ މުޖުތަމައުއަށް ދޫކޮށްލައިފިނަމަ އާންމު ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ވައިގެ ބަނދަރުތައް ފަދަ ސަލާމަތީ ގޮތުން ހައްސާސް ތަންތަނުގައި މިފަދަ ނުރައްކާތެރި ވާހަކަތައް މަޖަލަކަށް ހަދައިގެން ވެސް ނުދެއްކުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު