ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން ސަސްޕެންޑްކުރީ، އޭގެ ބަދަލުގައި ބޭނުންކުރާ ކަރުދާސް ހޮޅީގެ ސަބަބުން ދިމާވާ ތަފާތު ދަތިތަކާއި ތިމާވެށީގެ މައްސަލަތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ 14 ބާވަތެއް މަނާކުރުމަށް އެކުލަވައިލި ގަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އިސްލާހު ގެންނަވައިފައެވެ. މި އިސްލާހުގެ ދަށުން ތިން ބާވަތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަރުދާސް ހޮޅި ބޭނުންކުރުމުގައި ފޫދި، ފެނަށް ގިރިގެން ދިއުމުގެ ދަތިތައް އާންމުންނަށް ކުރިމަތިވެއެވެ. މީގެ އިތުރުން އެފަދަ ހޮޅިތައް ހެދުމުގައި ޕްލާސްޓިކް ފަށަލައަކާއި ތެރަސް ބޭނުންކޮށްފައި ހުންނާތީ، އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ތިމާވެއްޓާ ރައްޓެހި ފެންވަރު ރަނގަޅު ބަދަލެއް ބާޒާރަށް ތައާރަފުކުރުމަށް ވަގުތު ދިނުމުގެ ގޮތުން، 2022 ގައި މަނާކުރި ޕްލާސްޓިކް ހޮޅި މަނާކުރުމުގެ އާ ތާރީހެއްގެ ގޮތުގައި މިހާރު ވަނީ ޖޫން 2031 ކަނޑައަޅާފައެވެ.
ހަމައެއާއެކު، އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާކުރުން ވެސް ވަނީ ޑިސެމްބަރު 2029 އަށް ފަސްކޮށްފައެވެ. މިނިސްޓްރީން ބުނީ މި ނިންމުން ނިންމީ ބައެއް ރަށްރަށުގައި އަދިވެސް ފެނުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ގާއިމުވެފައި ނުވާތީ، ރައްޔިތުން ސާފު ބޯފެނަށް ބަރޯސާވާ މިންވަރު ބޮޑުވުމުން ދިމާވެދާނެ ތަކުލީފުތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، މަނާކުރެވޭ ތައްޔާރީ ބުއިންތަކުގެ މިންގަނޑު ވަނީ 500 މިލިލީޓަރުން 250 މިލިލީޓަރަށް ވުރެ ކުދި ފުޅިއަށް ބަދަލުކޮށްފައެވެ. އެ
ތްލީޓުންނާއި ކުޑަކުދިންނަށް ހާއްސަ ބުއިންތައް ފަދަ ބޭރުން އެތެރެކުރާ ތަކެތި، ރާއްޖޭގެ މާކެޓަށް އެކަނި އުފެއްދުންތެރިން ބަދަލު ނުކުރާނެތީ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ އަދި އޮޕަރޭޝަނަލް ދަތިތަކަށް މި ބަދަލުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި މި ބަދަލުތައް ގެނައި ނަމަވެސް، ތިމާވެށި ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ދުރުރާސްތާ ސިޔާސަތުތައް ދެމެހެއްޓުމުގައި ސަރުކާރު ދެމިއޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު