ޔޫއޭއީގެ އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރު "އީގަލް ހިލްސް" އާ ގުޅިގެން، ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލާއްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވެރިންނެވެ.
ވެރިރަށް މާލެއާ ކައިރީގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން، މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތަކާއި ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ގާއިމުކުރެވޭނެއެވެ.
މީގެއިތުރުން ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމަށް ހާއްސަ ތަފާތު މަރުކަޒުތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ އިންވެސްޓްމަންޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
އެގޮތުން، މި މަޝްރޫއުގެ މުޅި ދައުރުގެ ތެރޭގައި ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ރާއްޖެއަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ.
އަދި ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދި، މަޝްރޫއު ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއެވެ.
މި މަޝްރޫއު ހަވާލުކުރެވުނު އީގަލް ހިލްސްއަކީ ދުބާއީގެ މަޝްހޫރު ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްގީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުހައްމަދު އަލާއްބާރުގެ އަމިއްލަ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ދުނިޔޭގެ ތަފާތު ގައުމުތަކުގައި ބޮޑެތި ވޯޓަރފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު