ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ ތުއްތު ކުދިންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް، ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ "އެޑްވާންސިންގ ނިއޯނޭޓަލް ކެއަރ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލަބަރޭޝަން" މި ޝިޢާރުގެ ދަށުން މިއަދު ހެނދުނު މީރުމާގައި ފެށި "ނިއޯކެއަރ 2026 - ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އަލަށް އުފަންވާ، ޚާއްޞަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ޞިއްޙީ އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާ ހަރުދަނާކުރުމަށް ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ އިންސާނީ ވަސީލަތްތަކަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭ ކަމަށެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް ޒަމާނީ އާލާތްތަކާއި މެޑިކަލް ޓެކްނޮލޮޖީ މުހިންމުވި ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި ޞިއްޙީ ޚިދުމަތްތެރިންނެވެ. މިގޮތުން، މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ޞިއްޙީ ފަންނީ ބޭފުޅަކަށް ކަމަށާއި، ކުރިއަރާފައިވާ އާލާތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށް ކަމުގައި ވިދާޅުވިއެވެ.
އެހެންކަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ޚާއްޞަ ތަޢުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
މި މަސައްކަތަށް އެއްބާރުލުން ދިނުމުގައި "ނިއޯކެއަރ" ގެ ދައުރު ފާހަގަކުރައްވަމުން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 މަންދޫބުން މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިއީ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު ވަރަށް އަގުހުރި މަންސައެއްކަމުގައި ސިފަކުރައްވައި، މާލެއިން ފެށިގެން އަތޮޅުތަކަށް މިފަދަ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ދާއިރާއިން ނިންމާ ނިންމުންތަކުގައި މަގުދައްކައިދިނުމަށް ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ޙާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އާއިލާތަކަށް ދިމާވާ އެންމެ ދަތި ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަމާއި އޯގާތެރިކަމަށް ތަޢުރީފުކުރައްވަމުން، އާއިލާއަށް އިސްކަންދީގެން ދެވޭ ފަރުވާގެ މުހިންމުކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. އަދި ޚާއްޞަ ފަރުވާ ހޯދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި އެހީތެރިކަމާއި، ސާފު މަޢުލޫމާތާއި، ޤަދަރާއި އިޙްތިރާމަށް ބޭނުންވެފައިވާ އާއިލާއެއް ވާނެކަން ފާހަގަކުރައްވައި، ޞިއްޙީ ޚިދުމަތަކީ ހަމައެކަނި ބައްޔަށް ފަރުވާދިނުން ނޫންކަމަށާއި، އެއީ އިންސާނުންނަށް އަޅާލައި އޯގާތެރިވުންކަމުގައި އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު