އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އާއި މުޅި މެދުއީރުމަތީގެ އިޤްތިޞާދީ އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވި އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔަކީ ދުބާއީއަށް އުފަން މުޙައްމަދު ޢަލީ އަލްޢައްބާރެވެ.

ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ "ބުރުޖު ޚަލީފާ" އާއި، ދުނިޔޭގެ އެންމެ ބޮޑު މޯލް ކަމަށްވާ "ދުބާއީ މޯލް" ފަދަ އިންޤިލާބީ ބިނާތައް އުފެއްދި މަޝްހޫރު "އީމާރު ޕްރޮޕަޓީސްގެ ބާނީގެ ގޮތުގައި އަލްޢައްބާރު ވަނީ ދުބާއީއަކީ މުޅި ދުނިޔޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ މައި މަރުކަޒަކަށް ހެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައެވެ.

ދުބާއި ކުންފުނީގެ މަޝްރޫއުގައި ސޮއި ކުރަނީ
1956 ވަނަ އަހަރު ދުބާއީގެ ރަޝީދިއްޔާ ސަރަޙައްދަށް އުފަންވި އަލްޢައްބާރުގެ ޢާއިލީ ދިރިއުޅުން ފެށުނީ ނިކަން އާދައިގެ ގޮތަކަށެވެ. އޭނާގެ ބައްޕައަކީ ކަނޑުދަތުރުކުރާ އާދައިގެ އޮޑިވެރިއެއް (ދޯނި ކެޕްޓަނެއް) ކަމަށްވާއިރު، އަލްޢައްބާރަކީ އާއިލާގެ 12 ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިއެވެ.

ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ތަޢުލީމީ ޙަޔާތުގައި ހޯއްދެވި ބޮޑެތި ކާމިޔާބީތަކާއެކު، ސަރުކާރުގެ ސްކޮލަރޝިޕެއްގައި އެމެރިކާގެ ސިއެޓަލް ޔުނިވަރސިޓީން ފައިނޭންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 1981 ވަނަ އަހަރު އޭނާ ބެޗްލަރސް ޑިގްރީ ހާސިލުކުރެއްވިއެވެ. އެއަށްފަހު ޤައުމަށް އެނބުރިވަޑައިގެން، ޔޫއޭއީގެ ސެންޓްރަލް ބޭންކުގެ ބޭންކިންގ މެނޭޖަރެއްގެ ގޮތުގައި ވަޒީފާ ފެއްޓެވިއެވެ.
1990 ގެ އަހަރުތަކުގެ ކުރީކޮޅު ދުބާއީގެ އިޤްތިޞާދީ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށުމާއެކު، އަލްޢައްބާރު ވަނީ ދުބާއީ އިކޮނޮމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ފުރަތަމަ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމާ ހަވާލުވެވަޑައިގެންފައެވެ.

މުޙައްމަދު ޢަލީ އަލްޢައްބާރު
މި ދުވަސްވަރު ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިޤްތިޞާދީ މުޝީރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު އޭނާއަށް ލިބިވަޑައިގެންނެވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން 1997 ވަނަ އަހަރު "އީމާރު ޕްރޮޕަޓީސް" އުފައްދަވައި، ދުބާއީ މެރީނާއާއި، ދުބާއީ އޮޕެރާއާއި، އަދި ޑައުންޓައުން ދުބާއީ ފަދަ ބޮޑެތި ސަރަޙައްދުތައް ތަރައްޤީކޮށް، މުޅި ސިޓީގެ މަންޒަރު ބަދަލުކޮށްލެއްވިއެވެ.
އީމާރުގެ ކާމިޔާބީއަށްފަހު، އަލްޢައްބާރު ވަނީ އޭނާގެ ވިޔަފާރި ބައިނަލްއަޤްވާމީ ދުނިޔެއަށް ފުޅާކުރައްވާފައެވެ. އެގޮތުން 2014 ވަނަ އަހަރު އަބޫދާބީގައި "އީގަލް ހިލްސް"ގެ ނަމުގައި އަމިއްލަ އިންވެސްޓްމަންޓް ކުންފުންޏެއް އުފައްދަވައި، ޔޫރަޕާއި، މެދުއީރުމައްޗާއި އަދި އެފްރިކާގެ 10 އަށްވުރެ ގިނަ ޤައުމެއްގައި މަލްޓި-ބިލިއަން ޑޮލަރުގެ ރިއަލް އެސްޓޭޓް އަދި އާބާދީ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގަވަން ފެއްޓެވިއެވެ.
މީގެ ތެރޭގައި ސާބިއާގެ ބެލްގްރޭޑް ވޯޓަރފްރަންޓް މަޝްރޫޢާއި، މިޞްރު، އުރުދުން، އަދި ސޫރިޔާ ފަދަ ޤައުމުތަކުގައި ހިންގާ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ހިމެނެއެވެ.
ރިއަލް އެސްޓޭޓް ދާއިރާގެ އިތުރުން، ފަންނިއްޔާތާއި އިލެކްޓްރޯނިކް ވިޔަފާރީގެ ދާއިރާއަށްވެސް އަލްޢައްބާރު ވަނީ ބޮޑު އިންޤިލާބެއް ގެންނަވާފައެވެ.
އެގޮތުން އެމެޒޯން ފަދަ ބައިނަލްއަޤްވާމީ ކުންފުނިތަކާ ވާދަކުރުމަށްޓަކައި މެދުއީރުމަތީގެ އެންމެ ބޮޑު އޮންލައިން ޝޮޕިންގ ޕްލެޓްފޯމް "ނޫން.ކޮމް" އުފެއްދެވިއެވެ.
އަދި ކޭއެފްސީއާއި ޕިއްޒާ ހަޓް ފަދަ ދުނިޔޭގެ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑްތައް މެދުއީރުމަތީގައި ހިންގާ "އަމެރިކާނާ ގްރޫޕް" ގެ ބޮޑު ހިއްސާއެއް ހޯއްދަވައި، ޔޫއޭއީގެ ފުރަތަމަ ޑިޖިޓަލް ބޭންކް "ޒަންޑް" ގެ ޗެއާމަންކަންވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫޢުގެ އިސް ފަރާތަކީވެސް މުޙައްމަދު އަލްޢައްބާރެވެ.
އެގޮތުން، ރަސްމާލެ (ފުށިދިއްގަރުފަޅު) ސަރަޙައްދުގައި "މާލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް ހިންގުމަށްޓަކައި އަލްޢައްބާރުގެ އީގަލް ހިލްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ދުބާއީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑޮކްޓަރު ޢަބްދުއްﷲ މުއްޠަލިބު ސޮއިކުރެއްވި މި މަޝްރޫޢަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ޕްރީމިއަމް ރެސިޑެންސްތަކާއި، އަދި ސުޕަރ-ޔޮޓް މެރީނާއެއް ހިމެނޭ ގޮތަށް 550 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކުރެވޭ ބިޔަ މަޝްރޫޢެކެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ދިވެހި އާއިލާތަކަށް 5،000 ހައުސިންގ ޔުނިޓް ބިނާކުރުމަށް ހަމަޖެހިފައިވާއިރު، އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މިއަދު މުޙައްމަދު އަލްޢައްބާރަކީ ހަމައެކަނި ކާމިޔާބު ވިޔަފާރިވެރިއެއް ނޫނެވެ. އޭނާއަކީ ގޮންޖެހުންތަކުން ފިލާވަޅު ލިބިގަނެ، އަވަސް ނިންމުންތައް ނިންމުމަށް އިސްކަންދޭ، މުޅި ޢަރަބި ދުނިޔޭގެ އިޤްތިޞާދީ މުސްތަޤްބަލް ބައްޓަންކުރުމުގައި ނަމޫނާ ލީޑަރެކެވެ.
"ކުށްތަކުން ފިލާވަޅު ލިބިގަނެ، އަބަދުވެސް އަމިއްލަ ނަފްސު ތަރައްޤީކުރުމުގައި ދެމިއެއްތިބޭށެވެ" އެއީ އޭނާގެ މަސައްކަތުގެ ޙަޔާތުގައި ގެންގުޅުއްވާ އެންމެ މުހިންމު ފަލްސަފާއެވެ.

ކިޔުންތެރިންގެ ހިޔާލު