މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށް، މަސް ކިލޯއެއްގެ އަގު 22 ރުފިޔާއަށް މަތިކޮށްފިއެވެ.
މިއީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން މަސް ގަންނަ އަގަށް ހެޔޮ ބަދަލެއް ގެނައި ހަތަރުވަނަ ފަހަރެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާންމުކޮށް މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް، ބައިނަލްއަޤްވާމީ ބާޒާރުގައި މަހަށް އޮތް ޑިމާންޑް އިތުރުވެ، ލިބޭ އަގު ރަނގަޅުވަމުން އަންނާތީ އެ ފައިދާ މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގޮތުން މިފްކޯއިން ވަނީ އަގަށް މި ބަދަލު ގެނެސްފައެވެ. އެންމެ ފަހުން މިދިޔަ އޯގަސްޓް މަހުގެ 29 ގައި މަސް ކިލޯއެއްގެ އަގު 20 ރުފިޔާއިން 21 ރުފިޔާއަށް ބޮޑުކުރުމަށްފަހު، މިއަދުން ފެށިގެން މިވަނީ އިތުރު އެއް ރުފިޔާ ބޮޑުކޮށް، 22 ރުފިޔާއަށް މަސް ގަންނަން ފަށާފައެވެ.
ފާއިތުވި ތިން މަސްދުވަހަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ތެރޭގައި މަސް ކިލޯއެއްގެ އަގު 18.50 ރުފިޔާއަށް އަދި ފަހުން 20 ރުފިޔާއަށް ވަނީ މަތިކޮށްފައެވެ. އޭގެ ފަހުން އޯގަސްޓް މަހު 21 ރުފިޔާއަށް ބަދަލުކުރުމަށްފަހު، މިހާރު މި ގެނައި ބަދަލަކީ މަސްވެރިންނަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ބަދަލެކެވެ.
މިފްކޯއިން ހާމަކުރާ ގޮތުގައި މަސް ގަންނަ އަގު ކަނޑައެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބެލުމާއެކު، މަސްވެރިންނަށް އެންމެ އެދެވޭ، އެންމެ ފައިދާހުރި އަގެއް ހޯދައިދިނުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މަސްވެރިން ބާނާ މަހަށް އެންމެ މަތީ އަގެއް ހޯދައިދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ދަނީ ގިނަގުނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި މަހުގެ ރޯ މެޓީރިއަލް އެކަނި ބޭރުކުރުމުގެ ބަދަލުގައި، ވެލިއު އެޑްކޮށްގެން މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި، ކޯލްޑް ސްޓޯރޭޖްތަކުގެ ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މަސްވެރިކަން ދަށް ދުވަސްވަރުވެސް ރަނގަޅު ފެންވަރެއްގައި ރައްކާކުރެވިފައިވާ ދިވެހި މަހުގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ދުނިޔޭގެ ބާޒާރަށް ނެރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު