މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަކަށް އަލުން މަރާމާތުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމަންޓުގައި ދެ ފަށަލައަށް ތާރުއަޅައި މިއަދު ހެނދުނު އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެގްމަންޓުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން ތާރުގެ ފުރަތަމަ ލޭޔަރ އެޅުމަށްފަހު، އިއްޔެ ދެވަނަ ފަށަލަ އަޅައި، މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ތާރުއެޅުމުގެ އެންމެހައި މަސައްކަތްތައް ފުރިހަމަކޮށްފައެވެ.
އެމްޓީސީސީން އިތުރަށް ބުނީ، ތާރު އަޅައި ނިމުމާ ގުޅިގެން މިހާރު ކުރިއަށްދަނީ މަގު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ އިތުރުން ފިނިޝިންގ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތްތައް ނިމުމާއެކު އާންމު ދަތުރުފަތުރަށް މި ސަރަހައްދު ހުޅުވާލެވޭނެއެވެ.
އަމީނީ މަގުގެ އެކި ހިސާބުތަކަށް ގެއްލުންވެ ހަލާކުވުމާ ގުޅިގެން، މަގު އަލުން މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރެވުނީ އެކި ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން މިހާރު ތާރު އަޅައި ނިންމާލި ފުރަތަމަ ސެގްމަންޓަކީ ދިވެހިރާއްޖޭގެ އަޑު (އިއްޒުއްދީން މަގު) ކަންމަތިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. މީގެ އިތުރުން، ދެވަނަ ސެގްމަންޓުގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން މަގުން ފެށިގެން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮތް ބައެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާގެ ބޮޑު ޚަރަދެއް ކޮށްގެން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމި 1.79 ކިލޯމީޓަރުގެ މި މަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު ވަކިވެ، ވަޅުގަނޑުތައް ހެދި މަގުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ. ޚާއްޞަކޮށް މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ދަށްވެފައިވާއިރު، ފަންނީ މާހިރުން ވިދާޅުވާ ގޮތުގައި މަގު މިހާ އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކުރިން ތާރު އެޅުމަށްފަހު އެކަށީގެންވާ މިންވަރަށް ނުހިކެނީސް، ބަރު އުޅަނދުތައް އެ ސަރަހައްދުގައި ދުއްވަން ހުއްދަދިނުމެވެ.
މި މަޝްރޫޢުގެ ދަށުން އަމީނީ މަގު ފެންވަރު ރަނގަޅުކޮށް އަލުން ހެދުމަކީ މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ލުޔެއް ލިބި، ރައްޔިތުންނަށް އަމާން އަދި ފަސޭހަ ދަތުރުފަތުރެއް ކަށަވަރުވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު