ކ. ހިއްމަފުށީގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫޢުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 91 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މިހާރު ޕްރޮޖެކްޓް ސައިޓުގައި ކުރިއަށްދަނީ ވެލި އަޅައިގެން ތައްޔާރުކުރާ ބްރޭކްވޯޓަރގެ ޕްރޮފައިލިންގ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 160 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 53 މީޓަރުގެ ގްރޮއިން އެޅުމުގެ އިތުރުން 127 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ހިލަ ބޭނުންކޮށްގެން 340 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މި ޕްރޮޖެކްޓުގެ ދަށުން އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
ހިއްމަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް ގޮސްފައިވާއިރު، މި މަޝްރޫޢު އެއްކޮށް ނިމުމުން އެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ތިމާވެށްޓާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް އެމްޓީސީސީ ފަދަ ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު