ތިމާވެށި ރައްކާތެރިކުރުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ވިލުންވެށި" ހިލޭ އެހީގެ ޕްރޮގްރާމް، އަންނަ އަހަރުގެ ތެރޭގައި ކުންފުނިތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ފުޅާކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފް އެވެ.
މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ މި ޕްރޮގްރާމް ކުންފުނިތަކަށް ހުޅުވާލަން ނިންމީ، އާންމުންގެ ފަރާތުން މިކަމަށް ލިބެމުންދާ ބޮޑު ތަރުހީބުގެ ސަބަބުންނެވެ. މިހާރު ހަމައެކަނި ވަކިވަކި ފަރުދުންނަށް ޚާއްޞަކޮށްގެން، އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ އެހީ ލިބޭ މި ޕްރޮގްރާމް ކުންފުނިތަކަށް ފުރުސަތު ހުޅުވާލާއިރު ދޫކުރާ އެހީގެ އަދަދު މިހާރަށްވުރެ ބޮޑުވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބަދަލު ގެންނަން ނިންމެވި މައިގަނޑު ސަބަބު ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޖުތަމައަށް ނުކުމެ މަސައްކަތް ފެށުމަށްޓަކައި އެހީތެރިކަމަކަށް ބޭނުންވެފައިވާ އީޖާދީ ވިސްނުންތަކުގެ ގިނަ ސްޓާޓްއަޕްތަކެއް އެބަތިބި ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ސަބަބުން އެފަދަ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މިދިޔަ ޖޫން މަހު ހުޅުވާލި ފުރުސަތުގައި ލިބުނު ޕްރޮޕޯސަލްތަކުގެ ތެރެއިން 150 ޕްރޮޕޯސަލެއް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިނިސްޓްރީއާއި އެސްއެމްއީ ބޭންކް ގުޅިގެން މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަރުހަލާ ނިމި، އެހީ ލިބޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރެވޭނެ ކަމަށް ވެސް އަލީ ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު