ގަން އިންޓަރނޭޝަނަލް އެއާރޕޯޓް
ގަން އިންޓަރނޭޝަނަލް އެއާރޕޯޓް
ގަން އިންޓަރނޭޝަނަލް އެއާރޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މައުލޫމާތު ދެއްވި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ 2026 ސެޕްޓެންބަރު 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރުންގެ އަތުންނެވެ. މި ދެ ފަސިންޖަރުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެމީހުންގެ ލަގެޖު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައެވެ. އަދި އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3345 ގްރާމް (3.3 ކިލޯ) ހުރި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރަން އުޅުނު ދެ ފަސިންޖަރުން މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު