މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ މަގުބޫލު "އުފަންވެލި" ފިހާރަތަކުން، އާންމުކޮށް ބަދިގޭގައި ބޭނުންކުރާ ތާޒާ ތަރުކާރީ އާއި މޭވާގެ އިތުރުން ކާބޯތަކެތީގެ އަގުތައް ބޮޑުތަނުން ހެޔޮކޮށް، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ޒަރޫރީ މުދާ ހެޔޮ އަގުގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި ހަރަކާތެކެވެ.
މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުގައި ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، ކޮންމެ ދުވަހެއްގެ ކެއުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ގިނަ ބާވަތްތަކެއް ހާއްސަ ޕްރޮމޯޝަނަލް އަގުތަކެއްގައި ލިބެން ހުންނާނެއެވެ. އެގޮތުން، ބަދިގެތަކަށް އެންމެ އާންމުކޮށް ބޭނުންވާ ފިޔާ، އަލުވި، ކައްޓަލަ، އަދި ދެ ލީޓަރުގެ ކައްކާ ތެޔޮ އަގުހެޔޮކޮށް ލިބެން ހުންނާނެއެވެ. މީގެއިތުރުން، ކަވެންޑިޝް ދޮންކެޔޮ، ރީނދޫ ލުނބޯ، އަދި ބަރަބޯފަދަ ތާޒާ މޭވާ އާއި ތަރުކާރީގެ އިތުރުން، 900 ގްރާމް، 1000 ގްރާމް، 1200 ގްރާމް އަދި 1400 ގްރާމްގެ ކުކުޅު ވެސް ވަރަށް ހާއްސަ އަގުތަކެއްގައި މި ޕްރޮމޯޝަނުން ލިބިގެންދާނެއެވެ.
ތާޒާ ތަރުކާރީ އާއި މޭވާއަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެ ދުވަހަކުވެސް ކޮންމެހެން ބޭނުންތެރި އެއްޗަކަށްވާއިރު، މިއީ އާންމު ގޭބިސީތަކަށާއި، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކަށް ވެސް ބޭނުންވާ ސާމާނު ހެޔޮ އަގުގައި އެއްތަނަކުން ހޯދައިގަތުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. މަޑިހާ ކުންފުނީގެ އަމާޒަކީ އަބަދުވެސް ތާޒާ މޭވާ، ތަރުކާރީ، މަހުގެ ބާވަތްތައް އަދި ބަދިގެއަށް ބޭނުންވާ އެކި ސާމާނުތައް އިތުރުކޮށް، ވާދަވެރި އަގުތަކެއްގައި މެދުކެނޑުމެއް ނެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.
މާދަމާގެ ނިޔަލަށް، މާލެ އަދި ހުޅުމާލޭގެ އުފަންވެލި ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށްދާއިރު، ސްޓޮކް ހުސްވުމުގެ ކުރިން ވީހާވެސް އަވަހަކަށް ކައިރީގައި ހުންނަ އުފަންވެލި ފިހާރައަކަށް ޒިޔާރަތްކޮށް މި ހާއްސަ އަގުތަކުގެ ފައިދާ ހޯއްދެވުމަށް މަޑިހާ ކުންފުނިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު