އިންޑިއާއިން އިންޑަސް ކޯރުގެ ފެން ހުއްޓުވުމަށް، ނުވަތަ ޕާކިސްތާނަށް ލިބެންޖެހޭ ފެނުގެ މިންވަރު މަދުކުރުމަށް، ނުވަތަ އެހެން ދިމާލަކަށް ކޯރުގެ މިސްރާބު ބަދަލުކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ބަލާނީ ހަނގުރާމައިގެ ޢަމަލެއްގެ ގޮތުގައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން އިންޒާރު ކުރެއްވީ އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުންނެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، އިންޑަސް ކޯރުގެ ފެނަކީ ހަމައެކަނި ޕާކިސްތާނުގެ ދިރިއުޅުމުގެ މައިނާރު ނޫން ކަމަށާއި، އެއީ މުޅި ސަރަޙައްދުގެވެސް ފުރާނަ ކަމަށެވެ. އަދި އިންޑިއާއިން އެއްފަރާތްފުރަތަކުން އިންޑަސް ވޯޓަރސް މުޢާހަދާ ސަސްޕެންޑްކުރުމަށް ނިންމި ނިންމުމަކީ ޤާނޫނީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށާއި، އިންޑިއާގެ ދަޢުވާތައް އދ. ގެ މާހިރުންނާއި އާބިޓްރޭޝަން ކޯޓުން ވެސް ބާޠިލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ފެނަކީ އެއްވެސް ޙާލެއްގައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިގެންވާނެ ވަސީލަތެއް ނޫން،" ބޮޑުވަޒީރު ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރު އިންޑިއާއިން ކުރިމަތިކުރުވި އުދުވާނުގައި ޕާކިސްތާނުން ޢަމަލުކުރީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ދިފާޢުގައި ކަމަށް ވިދާޅުވަމުން، ނިއުކްލިއަރ ބާރު ލިބިފައިވާ ދެ ޤައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުނަ ނުދީ ހުއްޓުވުނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގަތުމުން ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެކުނު އޭޝިއާގައި ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރެވޭނީ ކަޝްމީރުގެ މައްސަލައަށް އިންޞާފުވެރި ޙައްލެއް ހޯދައިދީގެން ކަމަށާއި، ކަޝްމީރުގެ ރައްޔިތުން އދ. ގެ ފެންނަނުފެންނަ ވޯޓަކަށް އިންތިޒާރުކުރާތާ އަށްޑިހަ އަހަރު ވެއްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާގައި އިސްލާމޮފޯބިއާއާއި ހަރުކަށި ހިންދޫ ފިކުރު ފެތުރުމުގެ ސަބަބުން މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާތަކާ މެދުވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މެދުއިރުމަތީގެ މަސްރަޙާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ވޮޝިންޓަނާއި ތެހެރާން އިސްލާމްއާބާދަށް ގެނެސް ޞުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޕާކިސްތާނުން މަގުފަހިކޮށްދިންކަން ބޮޑުވަޒީރު ހަނދާންކޮށްދެއްވިއެވެ. އަދި ހޫޘީން ސަޢޫދީ ޢަރަބިއްޔާއަށް، ޚާއްޞަކޮށް މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ޑްރޯން ޙަމަލާތައް އެމަނިކުފާނު ކުށްވެރިކުރެއްވިއެވެ. ޣައްޒާގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. ހަމައެއާއެކު، އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ޕާކިސްތާނުގައި ހަމަނުޖެހުން އުފައްދާ ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަފްޣާންގެ ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، ޕާކިސްތާނުން އަބަދުވެސް އިސްކަންދެނީ ހަނގުރާމައިގެ ބަދަލުގައި ޞުލްޙައަށް ކަމަށާއި، ބިރުދެއްކުމުގެ ބަދަލުގައި އެއްބާރުލުމަށް ކަމަށެވެ. އަދި ދުނިޔޭގައި އިތުބާރު ޤާއިމުކުރެވޭނީ ހަތިޔާރުތައް އެއްކައިރިކޮށް، ޞުލްޙައިގެ އަތެއް ދިއްކޮށްލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު