ޓޭލާ ސުވިފްޓް
ޓޭލާ ސުވިފްޓް
މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓްގެ ތާރީޚީ 'އެރާސް ޓުއާ' ގައި މަސައްކަތްކުރި ކްރޫއިންނަށް ބޯނަސްގެ ގޮތުގައި ޖުމްލަ 197 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފައިސާ ބަހާލެވިފައިވަނީ ޓުއާ އޮމާންކަމާއެކު ކުރިއަށްގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރި ނަށުންނާއި، މިއުޒީޝަނުން، ކެޓަރިންގް ސްޓާފުން، ޕްރޮޑަކްޝަން ޓީމު، ރިގަރުން، ޓެކްނީޝަނުން އަދި ޓްރަކް ޑްރައިވަރުންގެ މެދުގައެވެ.

މި ބޯނަސްތަކުގެ ތެރެއިން ވަކިން ޚާއްޞަކޮށް އެއް ބަޔަކަށް ލިބުނު ފައިސާއަކީ އެމީހުންގެ ދިރިއުޅުން އެކީ ބަދަލުކޮށްލި ފަދަ ބޮޑު އަދަދެކެވެ.

އެގޮތުން ޓުއާގެ ވަސީލަތްތަކާއި އިކުއިޕްމަންޓްތައް އުފުލުމުގައި ހަރަކާތްތެރިވި 50 ވަރަކަށް ޓްރަކް ޑްރައިވަރުންގެ ތެރެއިން ކޮންމެ މީހަކަށް 100،000 އެމެރިކާ ޑޮލަރުގެ ބޯނަސެއް ދީފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ޓްރަކިންގ ކުންފުނީގެ ވެރިޔާ ބުނި ގޮތުގައި މިފަދަ ބޮޑު އަދަދެއްގެ ފައިސާއަކީ އެ ޑްރައިވަރުންގެ ދިރިއުޅުމަށް ބޮޑު އުފާވެރިކަމެއް އަދި ބަދަލެއް ގެނެސްދިން ކަމެކެވެ.

އަދި އޭގެތެރެއިން މީގެ ކުރިން އަމިއްލަ ގެދޮރެއް ގަނެވިފައިނުވާ މީހުންނަށް، އަމިއްލަ ގެއެއް ގަތުމަށް ބޭނުންވާ ޑައުންޕޭމަންޓް (ޑިޕޮޒިޓް) ދެއްކުމުގެ ފުރުޞަތުވެސް މި ފައިސާއިން ތަނަވަސްވެގެން ދިޔައެވެ.

ޓޭލާ ސުވިފްޓްގެ 'އެރާސް ޓުއާ' ވެގެންގޮސްފައިވަނީ މިއުޒިކީ ތާރީޚުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ކޮންސަޓް ޓުއަރ އަށެވެ. އަދި މި ބޮޑު ކާމިޔާބީގެ ފަހަތުގައި ސިއްރުން ތިބެ އަދާކުރި ބުރަ މަސައްކަތްތެރިންނަށްވެސް، މި ކާމިޔާބީގެ އުފަލާއި މަންފާ ވަނީ އަމަލީ ގޮތުން ލިބިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު