ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ ޚާއްޞަ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމަށްޓަކައި ވާންޖެހޭ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމަށް ޒިޔާރަތްކުރައްވައި އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރ ވަންގް ލޮންގް އެވެ.
މި އެއްބަސްވުމުގެ ދަށުން، އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ތާރީޚާއި ސަޤާފަތް ދައްކުވައިދޭ ޚާއްޞަ މައުރަޒެއް ޗައިނާގެ އެކި ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިންގ އެންޑް ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިންގ ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައިވެސް ޚާއްޞަ މައުރަޒެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މައުރަޒުތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކަނޑުދަތުރުފަތުރާއި 'މެރިޓައިމް ސިލްކް ރޫޓު'ގެ ތާރީޚީ ގުޅުން ބައިނަލްއަޤްވާމީ ފެންވަރުގައި ހާމަކޮށްދިނުމާއެކު، ދިވެހި ފަންނުވެރިންނަށް ފަންނީ އެހީތެރިކަމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ހަމައެއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އާސާރީ ތަންތަނާއި ތަކެތި ދިރާސާކުރުމުގެ މަސައްކަތް ދެ ޤައުމު ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު