ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ.

ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މިސްކިތްތަކަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

ނައުޝާދުގެ ބަންދު އަމުރުގައި ވަނީ، އޭނާގެ ރެކޯޑްތައް ދައްކާގޮތުން އޭނާއަކީ ތަކުރާރުކޮށް މިފަދަ ކުށްތަކަށް އަރައިގަންނަ މީހެއްކަން އެނގެން އޮންނަ ކަމަށެވެ. މީގެއިތުރުން ވެސް އެހެނިހެން ބާވަތްތަކުގެ ކުށުގެ ރެކޯޑް އޭނާގެ މައްޗަށް އޮތްކަން ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މިފަދަ ކުށެއް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ.

ނައުޝާދު ހައްޔަރުކޮށްފައިވަނީ މަސްޖިދުލް ފުރުގާންއަށް ވަދެ، އެ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތަކެއް ހިންގި މައްސަލައެއްގައެވެ. މިކަމާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ، ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު ފުރްޤާން މިސްކިތަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، މިސްކިތް ތެރެއަށް ބޮޑުކަމުގޮސް ޤަޟާޙާޖާކުރި ކަމުގެ ތުހުމަތުގައި ނައުޝާދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް