އިލްމު އުނގެނުމަކީ ގައުމުގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ދަރިވަރުން އަޅާ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ފެށުނު މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ މެސެޖުގައި ޝާހިދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ދަރިވަރުން ކުރަމުން އައި ބުރަ މަސައްކަތަކީ ހަމައެކަނި އަމިއްލަ ނަފްސަށް އެކަންޏެއް ނޫން ކަމަށާއި، އެއީ އާއިލާއަށާއި މުޅި ގައުމަށް ވެސް އޭގެ ހެޔޮ ފައިދާ ކުރާނެ އަގުހުރި މަސައްކަތެއް ކަމަށެވެ. އަދި އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ވެސް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް ޝާހިދު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، އިމްތިހާނުގެ ކޮންމެ ދުވަހަކާ ވެސް ހިތްވަރާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، ކެތްތެރިކަމާއި ހަމަޖެހުމާއެކު ކުރިމަތިލުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވަމުން ޝާހިދު ވަނީ، ދަރިވަރުން ކުރި ހިތްވަރުގެ ފުރިހަމަ ނަތީޖާއާ ހަމައަށް ވާސިލްވުމަށް އެދިވަޑައިގެންފައެވެ.
ޝާހިދުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، އިމްތިހާނު ހަދަމުންދާ ދަރިވަރުންނަކީ މާތްވެގެންވާ އިސްލާމްދީނަށާއި ގައުމަށް ބޭނުންތެރި ހެޔޮލަފާ މުވާތިނުންތަކެއް ކަމުގައި ވުމުގެ ތައުފީގު މާތްﷲ މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.
ރާއްޖޭގެ އެކި ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެއެވެ.

މިއަދު ފެށި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން.
— Abdulla Shahid (@abdulla_shahid) September 27, 2026
ޢިލްމު އުނގެނުމަކީ ޤައުމުގެ ކުރިމަގު އުޖާލާ ކުރަން ތިޔަ ދަރިވަރުން އަޅާ އެންމެ މުހިންމު އެއް ފިޔަވަޅު. ވޭތުވެދިޔަ އަހަރުތަކުގައި ތިޔަ ދަރިވަރުން ކުރަމުން އައި ބުރަ މަސައްކަތަކީ އަމިއްލަ ނަފްސަށާއި، ޢާއިލާއަށާއި، މުޅި ޤައުމަށް ފައިދާ ކުރާނެ ކަމެއް.
އަޅުގަނޑު އެދެނީ ހިތްވަރާއި އިތުބާރާއި އެކު، ކެތްތެރިކަމާއި ހަމަޖެހުމާއި އެކު، އިމްތިޙާނުގެ ކޮންމެ ދުވަހަކާ ކުރިމަތިލައި.، ތިޔަ ދަރިވަރުން ކުރި ހިތްވަރުގެ ފުރިހަމަ ނަތީޖާ އާއި ހަމަޔަށް ވާސިލްވުން. ދުޢާ އަކީ ތިޔަ ދަރިވަރުންނަކީ ދީނާއި ޤައުމަށް ބޭނުންތެރި މުއާޠިނުންނަށް ވުމުގެ ތައުފީޤު މާތްﷲ މިންވަރު ކޮށްދެއްވުން . އާމީން
މީގެއިތުރުން، އިމްތިހާނުގެ ކޮންމެ ދުވަހަކާ ވެސް ހިތްވަރާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، ކެތްތެރިކަމާއި ހަމަޖެހުމާއެކު ކުރިމަތިލުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވަމުން ޝާހިދު ވަނީ، ދަރިވަރުން ކުރި ހިތްވަރުގެ ފުރިހަމަ ނަތީޖާއާ ހަމައަށް ވާސިލްވުމަށް އެދިވަޑައިގެންފައެވެ.
ޝާހިދުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، އިމްތިހާނު ހަދަމުންދާ ދަރިވަރުންނަކީ މާތްވެގެންވާ އިސްލާމްދީނަށާއި ގައުމަށް ބޭނުންތެރި ހެޔޮލަފާ މުވާތިނުންތަކެއް ކަމުގައި ވުމުގެ ތައުފީގު މާތްﷲ މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.
ރާއްޖޭގެ އެކި ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެއެވެ.
ކިޔުންތެރިންގެ ހިޔާލު