މަޖުނޫން ގެ ޓްރެއިލަރު ނެރުމަށް ބޭއްްވި އިވެންޓުގައި ފިލްމުގެ ލީޑު ތަރިން، ޝިފާ އާއި ޝާރިފް
މަޖުނޫން ގެ ޓްރެއިލަރު ނެރުމަށް ބޭއްްވި އިވެންޓުގައި ފިލްމުގެ ލީޑު ތަރިން، ޝިފާ އާއި ޝާރިފް
ދިވެހި ސިނަމާގައި ނަންވިދާ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން"ގެ ޓިކެޓުތައް ރަސްމީކޮށް ވިއްކަން މާދަމާ ފަށާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ފިލްމުގެ ޓިކެޓު ބުކިން މިމަހުގެ 23 ވަނަ ދުވަހު ވަނީ ރަސްމީކޮށް ފަށާފައެވެ. ފިލްމުގެ ޓްރެއިލާ މިމަހުގެ 22 ވަނަ ދުވަހު ނެރުނުއިރު، އެ ޓްރެއިލާ ބަލާލުމަށްފަހު ޓިކެޓު ބުކިން ދިޔައީ ވަރަށް ބާރު ސްޕީޑުގައި ކުރިއަށެވެ. މިހާރުވެސް ގިނަ އަދަދެއްގެ ބެލުންތެރިން ވަނީ އެމީހުންގެ ޓިކެޓުތައް ބުކްކޮށްފައެވެ.

"މަޖުނޫން" ފިލްމުގެ ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އޮލިމްޕަހުން ޓިކެޓު ގަނެވޭނެއެވެ. އޮންލައިންކޮށް ޓިކެޓު ޕޭމެންޓު ހަދަން ބޭނުންވާ ފަރާތްތަކުން 7844422 ނަންބަރަށް މެސެޖުކުރުމުން އެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި އޮންލައިންކޮށް ޕޭމެންޓު ކުރެވޭ ޓިކެޓުތައް ވަކި މުއްދަތަކަށް އޮލިމްޕަސް ކައުންޓަރުގައި ބަހައްޓާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ "މަޖުނޫން" އަކީ އަސަރުގަދަ ލޯބީގެ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ކާމިޔާބު އެތައް ލޯބީގެ ފިލްމުތަކެއް ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ މި އައު އުފެއްދުމަކީ، މިހާރުވެސް ބެލުންތެރިން އެ ފިލްމަކަށް ނުހަނު ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އުފެއްދުމެކެވެ.

"މަޖުނޫން" ރަސްމީކޮށް އޮލިމްޕަހުގެ ބޮޑު ސްކްރީނަށް އަންނާނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް