ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ބިޔަ "ރަސްމާލެ" މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ޤަވާޢިދުތަކުގެ އިމުގެ ތެރެއިން، "ކޯޕަރޭޓް ރެސިޑެންސް ވިސާ" ގެ ދަށުން ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރޭ ބޭއްވި "އަހާ" ފޯރަމްގައި ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންސް ވިސާ ދޫކުރުމަކީ މިހާރުވެސް ޤާނޫނީ ގޮތުން ހުއްދަ ކުރެވިފައިވާ އަދި ވޭތުވެދިޔަ ދެ ސަރުކާރުގައިވެސް ޢަމަލުކުރަމުން އައިސްފައިވާ އުސޫލެކެވެ.
މި ނިޒާމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގައި ރިއަލް އެސްޓޭޓް މާކެޓެއް ޤާއިމުކޮށް ޓޫރިޒަމް ފުޅާކުރުމުގެ ބޭނުމުގައި، އެންމެ ފުރަތަމަ މި ވިސާ ތަޢާރަފުކުރީ 2015 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އެ ދުވަސްވަރު އެކުލަވާލި އުސޫލުގެ ދަށުން، 50 މިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް، އެ އިންވެސްޓްމަންޓެއް ދެމިއޮތް މުއްދަތަކަށް (މިސާލަކަށް 99 އަހަރުގެ ރިސޯޓް ކުއްޔަކަށް އެ މުއްދަތަށް) ވިސާ ލިބިގެންދާ ގޮތަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީން ދިރާސާކުރުމަށްފަހު ޤާނޫނަށް ބަދަލުތަކެއް ގެނައި ކަމަށް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އެ ބަދަލުތަކާއެކު، އިންވެސްޓްކުރަންޖެހޭ މިންވަރު 250،000 ޑޮލަރަށް ކުޑަކުރެވި، ކޮންމެ ފަސް އަހަރަކުން އައުކުރެވޭ ގޮތަށް ވިސާ ދޫކުރުމުގެ މަގު ފަހިވެގެން ދިޔަކަން އޭނާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން
ވާހަކަދައްކަވަމުން، އުޝާމް ޔަޤީންކަން ދެއްވީ މި މަޝްރޫޢުގެ ތެރެއިންވެސް އިންވެސްޓަރުންނަށް ވިސާ ދިނުމުގައި ޢަމަލުކުރާނީ މިހާރު ޤާނޫނުގައި ކަނޑައެޅިފައިވާ މި އުސޫލުތަކަށް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ޤާނޫނަކާއި ޤަވާޢިދަކާ ޚިލާފަށް މި މަޝްރޫޢުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގާނެ ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު