ރަސްމާލެ ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއަށް ކުރީގެ ރައީސުންގެ ތެރެއިން އެންމެ ބޮޑަށް ތާއީދުކުރައްވާ ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެފައިވާ 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ އެންމެހާ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ. މި މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފަހުގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލުތަކާއެކު މިހާރު އެ ޕާޓީގައި ރައީސެއް އަދި ނައިބު ރައީސެއް ނެތް ކަމަށެވެ. އަދި މިވަގުތު އެ ޕާޓީގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ މެންބަރުން މިފަދަ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިގެން އުޅެނީ ޕާޓީގެ ކޮންގްރެސްގެ ތެރޭގައި އެ މެންބަރުންނާ މެދު ކަންކަން ހިނގައިދިޔަ ގޮތުން ހިތްހަމަނުޖެހިގެންނެވެ. އަދި ރަސްމާލެ މަޝްރޫއަށް ރައީސް ނަޝީދު ތާއީދު ކުރައްވާތީ، އެމަނިކުފާނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރުމުގެ ބޭނުމުގައި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު