ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ފަށައިފިއެވެ.
އެ މަސައްކަތްކުރަމުންދާ އެމްޓީސީސީން ބުނީ ބޮޑު ތަކުރުފާނު މަހު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ފަށައި މަގުމަތީގައި ހުރި ގާތައް ނަގަން ފަށާފައިވާ ކަމަށެވެ.
އަދި އަންނަ ހަފްތާގައި ދުވާރު ހެދުމުގެ މަސައްކަތް ފެށޭނެކަމަށް ވެސް ބުންޏެވެ.
އަދި އެ މަޝްރޫއުއާއެކު އޮމާން ކަމާއެކު ދަތުރު ކުރެވޭ ގޮތްވެ އަދި އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ފަޅުން ބައެއް ހިއްކައިގެން ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާގު ފުޅާކޮށް ތާރު އަޅައިފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން ޖުމްހޫރީ މައިދާނަށް މަގު ފުޅާކޮށް ތާރު އެޅިއިރު ތިންވަނަ ފިޔަވަހީގެ ދަށުން ވެސްޓްޕާކުން ފެށިގެން މާލޭގެ ވިޔަފާރި ބަނދަރާ ހަމައަށް އަލުން މަގު ތަރައްގީކޮށް ތާރު އަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު