އިނގިރޭސިވިލާތުގެ ސިއްހީ ޚިދުމަތުގައި މަސައްކަތްކުރާ މުސްލިމް އަންހެނުންނަށް ޚާއްސަކޮށްގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ "ސްޓެރައިލް" ސަރޖިކަލް ހިޖާބު އެ ގައުމުގައި ފުރަތަމަ ފަހަރަށް ތައާރަފުކޮށްފިއެވެ. މި މުހިންމު އީޖާދު ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައިވަނީ ޑރ. ފަރާހް ޝަހީރާ ރޮސްލާން އެވެ.
މިފަދަ ހިޖާބެއް އުފެއްދުމުގެ ޚިޔާލު ޑރ. ފަރާހަށް ލިބިވަޑައިގަތީ، އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޔުނިވަސިޓީ ހޮސްޕިޓަލްސް އެންއެޗްއެސް ޓްރަސްޓްގައި ޖޫނިއަރ ޑޮކްޓަރެއްގެ ގޮތުގައި ތަމްރީނު ފުރިހަމަކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ. އޮޕަރޭޝަން ތިއޭޓަރުތަކުގައި ހިފަހައްޓަންޖެހޭ އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ހަރުދަނާ މިންގަނޑުތަކަށް ފެތޭނޭހެން، މުސްލިމް ސިއްހީ ޚިދުމަތްތެރިންނަށް އެކަށީގެންވާ ގޮތެއްގައި ބޮލާއި ކަރާމަތް ނިވާކުރެވޭނެ އަމަލީ ހައްލެއް ނެތުމަކީ އޭނާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
މި މައްސަލައަށް ދާއިމީ އަދި ރައްކާތެރި ހައްލެއް ހޯއްދެވުމުގެ ގޮތުން، ކްލިނިކަލް އަދި ސަރޖިކަލް މާހައުލުތަކަށް އެކަށޭނަ، ޖަރާސީމުން ރައްކާތެރިކުރެވިފައިވާ (ސްޓެރައިލް) އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭނޭ ފަދަ ހިޖާބެއް ފަރުމާކުރުމުގެ މަސައްކަތް ހޮސްޕިޓަލްގެ މެނޭޖްމަންޓާ ގުޅިގެން ޑރ. ފަރާހް ފެއްޓެވިއެވެ.
މި އީޖާދީ ހިޖާބު ފަރުމާކޮށް ނިމުމުން، ނޮޓިންގހަމް ޔުނިވަސިޓީ ހޮސްޕިޓަލްސް އެންއެޗްއެސް ޓްރަސްޓުން ވަނީ އެ ތަކެތި ރަސްމީކޮށް ތައާރަފުކޮށް، އޮޕަރޭޝަން ތިއޭޓަރުތަކުގައި ޓެސްޓުކޮށް ބޭނުންކުރަން ފަށާފައެވެ.
މިއީ ސިއްހީ ދާއިރާގެ އެންމެ މަތީ ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ މިންގަނޑުތައް އެއްވެސް އުނިކަމެއް ނެތި ދަމަހައްޓަމުން، މުސްލިމް އަންހެން ސިއްހީ ޚިދުމަތްތެރިންގެ ދީނީ ވާޖިބުތަކަށް ފުރިހަމައަށް ޖާގަދީ، އެ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް މަގުފަހިކޮށްދިން މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގެ އެހެނިހެން ހޮސްޕިޓަލްތަކުގައިވެސް މި ހިޖާބު ބޭނުންކުރުމުގެ ޝައުގުވެރިކަން މިހާރު ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު