އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި ޕެރޯލް ބޯޑުން ގަސްދުގައި ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލުމަށްފަހު ފަހުން އެ ނިންމުން ބާތިލުކޮށް ވަނީ އޭނާ އަނބުރާ ޖަލަށް ވެސް ގެންގޮސްފައެވެ. އަދި އޭގެ ފަހުން ޕެރޯލް ބޯޑުގެ މެމްބަރުންވެސް ވަނީ ވަކިކޮށްފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ މިހާތަނަށ ބެލި ބެލުމުން އަބުޗާ ދޫކޮށްލުމުގައި ގަސްދުގައި ގޯހެއް ހެދިކަން ފާހަގަވެފައި ނުވާ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ގައުމީ ބޮޑެތި މައްސަލަތަކުގައި ބަލަން ޖެހޭ ބައެއް ކަންކަން ބަލަން ޖެހޭ ވަރަށް ނުބެލިކަމަށް މިހާރު ގޮސްފައި އެއޮތީ" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ އެ ބޯޑު މިހާރު އޮތް ގޮތަަށް ކުރިއަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދެ ދައުވާއަކާ ގުޅިގެން ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް (އުމުރު ދުވަހުގެ ހުކުމެއްގެ ގޮތުގައި) އަބުޗާގެ މައްޗަށް އައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް، ތުހުމަތުކުރެވިގެން އޭނާ ފުރަތަމަ ބަންދުކުރެވުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށްވާތީ، ޖަލު ބަންދުގައި މިހާރު 6 އަހަރު ވެފައިވެއެވެ.
ޕެރޯލްގެ ޤާނޫނު ބުނާގޮތުން، މަސްތުވާތަކެތީގެ ޚާއްޞަ 3 ބާވަތެއްގެ ކުށް ފިޔަވައި އެހެނިހެން ކުށްތަކުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް ޕެރޯލްގެ ފުރުސަތު ލިބެނީ އެ މީހެއްގެ މައްޗަށް އައިސްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ފުރިހަމަ ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު