ވ. ރަކީދޫ ކައުންސިލްގައި 2024 ވަނަ އަހަރު ހުރި ވަގުތީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އޭނާގެ އަސްލު މުސާރައިގެ އިތުރުން އެހެން މުސާރައެއް ވެސް ނަގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ހާމަކޮށްފިއެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ރަކީދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި އެ ކައުންސިލުން ފާހަގަވި ނުވަ މައްސަލައެއް އިސްލާހު ކުރުމަށް ވަނީ ލަފާދީފައެވެ. އޭގެ ތެރެއިން ދެ މައްސަލައަކީ އޭރު ހުރި ވަގުތީ އެސްޖީއާ ގުޅުންހުރި މައްސަލަތަކެކެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކައުންސިލްގެ ވަގުތީ އެސްޖީގެ މަގާމުގައި ހުރި މުވައްޒަފު ވަނީ "މިސްކިތު ވޭޖް" ގެ ނަމުގައި، ދައުލަތުގެ މާލީ ގަވާއިދުތަކާ ހިލާފަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު މުސާރައެއް ނަގާފައެވެ. މިގޮތުން 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް "މިސްކިތު ވޭޖް" ގެ ގޮތުގައި ޖުމްލަ 337،600 ރުފިޔާ އޭނާގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.
މި ފައިސާ ކޮންމެ މަހަކު ވެސް ވަގުތީ އެސްޖީގެ އެކައުންޓަށް ޖަމާކޮށްފައިވަނީ، ކައުންސިލް އިދާރާއިން ބޭންކަށް ފޮނުވާ ސިޓީއާ އެކު އެޓޭޗްކޮށްފައިވާ ޝީޓްގައި އެ މުވައްޒަފުގެ އިތުރުން ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ސޮއިކޮށް ހުއްދަދީގެންނެވެ. ނަމަވެސް، މިސްކިތު ވޭޖްގެ ނަމުގައި ފައިސާ ނަގާފައި ވާއިރު މަސައްކަތްކުރި ދުވަހާއި މުސާރަ ހިސާބުކޮށްފައިވާ ގޮތާއި އަދި ކޮށްފައިވާ މަސައްކަތް އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ އިދާރާގައި މިސްކިތުގެ މަސައްކަތްތައް ކުރުމަށް "ކައުންސިލް އެސިސްޓެންޓް" ގެ މަގާމުގައި މީހަކު ހުންނަކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، ކައުންސިލުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 79،771 ރުފިޔާ ވެސް އެހެނިހެން ފައިސާގެ ގޮތުގައި ވަގުތީ އެސްޖީގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް، އެ ފައިސާއާ ގުޅޭ އެއްވެސް އިންވޮއިސްއެއް އަދި ފައިސާ ލިބެންޖެހޭ ފަރާތްތައް އެނގޭނެ ރެކޯޑެއް ބަލަހައްޓާފައި ނުވާ ކަމަށާއި، އެ ފައިސާ ހައްގުވެރިންނަށް ލިބުނުކަން ކަށަވަރުކުރެވޭނެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
އެހެންކަމުން، ދެ މުސާރަ ނެގި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށާއި، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް އޮޑިޓަ ޖެނެރަލް ވަނީ ކަމާބެހޭ ފަރާތްތަކަށް ލަފާދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު