ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-
"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮތް ޔޫތު އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ، މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއު ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ މުހައްމަދު އަމީންއެވެ.

މި އެމްއޯޔޫގެ ދަށުން ދެ މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއޯޔޫގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދޭނެ ސަޕޯޓަކީ ރިސޯޓްތަކާއި އޮންނަ ގުޅުން ރަނގަޅުކޮށް ދިނުމާއި، ރިސޯޓްތައް މި ޕްރޮގްރާމަށް އޮންބޯޑްކޮށް، ރިސޯޓްތަކުގެ ބައިވެރިވުން ރަނގަޅުކުރުން ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު ރިސޯޓްތަކާއިމެދު އޮންނަ މައްސަލަތައް ހައްލުކޮށްދޭން ފަސޭހަވެ، ސަޕޯޓް ރޯލެއް ގޮތުގައި މަސައްކަތް ކޮށްދިނުންވެސް ހިމެނެއެވެ. މީގެއިތުރުންވެސް މިއަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތައް ފެށުމަށް ދެ މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު