ވިލިމާލޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްސަ އެންޓި-ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ވިލިމާލޭގައި ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް މިހާރު ވެސް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އަދި އޭގެ ތެރެއިން ތިން މީހުންނަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އޮޕަރޭޝަން މިހާރުވެސް ވިލިމާލޭގައި ކުރިއަށްދާތީ، އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލު ފަހުން ހިއްސާކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު