އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ވެސްޓް ބެންގާލްގައި މޯދީގެ ވެރިކަމުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 2،454 ރޭޕް މައްސަލައާއި 600 މަރުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

ޓައިމްސް ނައުއާ ހަވާލާދީ ފެކްޓް ބަޑީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާގެ ވެސްޓް ބެންގާލްގައި ބާރަތިޔާ ޖަނަތާ (ބީޖޭޕީ) ގެ ވެރިކަމުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ނުރައްކާތެރި ގިނަ ކުށްތަކެއް ވަނީ ރެކޯޑުކުރެވިފައެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި އެކަނިވެސް ޖިންސީ ގޯނާގެ 2،454 މައްސަލައާއި 600 މީހުން މެރުމުގެ މައްސަލަ ރިޕޯޓުކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ތަފާސްހިސާބުތައް އާންމުކުރުމާ ގުޅިގެން އެ ސަރަހައްދުގެ ސިޔާސީ މަޝްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

އަދި އާންމުންގެ ރައްކާތެރިކަމާއި ގާނޫނީ ނިޒާމު ހިންގުމުގައި ހުރި ގޮންޖެހުންތަކާ މެދު ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު