ކ. ދިއްފުށްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ހިންގާ 157.33 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ދިއްފުށީ ފަޅުން ގާތްގަނޑަކަށް 22.97 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޯހިޔާވަހިކަމާއި އެކި ކަހަލަ އިޤްތިޞާދީ އަދި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމަށް ހުރަސްއެޅިފައިވާ ދިއްފުށީގެ ކުރިމަގުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރި ޖާގައެއް އިތުރުކޮށްދޭނެ ކަމެކެވެ.
ބިން ހިއްކުމުގެ އިތުރުން، މިހާރު އޮތް ރަށުގެ ސަރަޙައްދާއި އަލަށް ހިއްކާ ބިން ގިރުމުން ރައްކާތެރި ކުރުމަށްޓަކައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކެއް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އެގޮތުން 710 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، މިހާރު ހުރި ރިވެޓްމަންޓުގެ ތެރެއިން 300 މީޓަރުގެ ސަރަޙައްދެއް މަރާމާތުކުރުން ހިމެނެއެވެ.
އަދި އޮއިވަރާއެކު ވެލި ދެމިގެންދިޔުން ހުއްޓުވުމަށްޓަކައި 670 މީޓަރުގެ ގްރޮއިން ޖެހުމުގެ އިތުރުން، ރަށުގެ މިހާރުގެ އިންފާރާ ގުޅުވައިގެން އިތުރު 270 މީޓަރުގެ ގްރޮއިން ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ވަސީލަތްތަކުގެ ސަބަބުން އުދައެރުމާއި ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާފު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، 2025 އޮކްޓޯބަރު 28 ގައެވެ. މި މަޝްރޫޢަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ދިއްފުށީ ރައްޔިތުންނަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ފުއްދުމުގެ ގޮތުން ފެށި މަސައްކަތެކެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ބާރު ސްޕީޑްގައި ކުރިއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު