ހޯމް މިނިސްޓަރު އަލީ އިހުސާން-- ފޮޓޯ/ ކަރެކްޝަންސް
ހޯމް މިނިސްޓަރު އަލީ އިހުސާން-- ފޮޓޯ/ ކަރެކްޝަންސް
ޖަލުގައި ތިބޭ ގައިދީން އިސްލާހުކޮށް، މުުޖުތަމައު ބަލައިގަންނާނެ ފަދަ ފަރުދަކަށް އެ މީހުން ހެދުމަކީ ތަމްރީންވެގެން ނިކުންނަ އޮފިސަރުންގެ ވެސް ޒިންމާއެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސްއިން ކުރިއަށް ގެންދިޔަ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސާސް ޓްރޭނިން" ޕްރޮގްރަމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަަމުން މިނިސްޓަރު ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިއުގައިގައި ވަރަށް ވަރުގަދަ ޒިންމާތަކަކާއި ގައުމީ ވާޖިބުތަކެއް ކޮނޑުގައި އެޅިފައިވާ އޮފިސަރުންތަކެއް ކަމަށެވެ.

އަދި މީހަކު ކުށްކޮށްގެން ކޯޓު ޕްރޮސެސްއަށްފަހު ޖަލަށް އައިސް، ޖަލުން ނިކުމެ އަނބުރާ މުޖްތަމައުއަށް ދިއުމާމެދު އެމީހުންނާ ހަވާލުވެ އެ ދެމެދުގައި ހުންނަނީ އޮފިސަރުން ކަމަށާއި، ސަލާމަލާތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ޖަލުގައި ތިބޭ ފަރާތްތަކަށް ހިދުމަތްތައް ފޯރުކޮށްދީ، އެފަރާތްތައް އިސްލާހުކޮށް، މުޖްތަމައު ބަލައިގަންނާނެ ފަދަ ފަރުދަކަށް ހެދުމަކީ ކަރެކްޝަންސްގެ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އެ ޒިންމާ އަދާކުރާނީ ތަމްރީންވެގެން ނިކުންނަ އޮފިސަރުން. ބާކީ އަސްލު ވާޖިބު އަދާކުރުމުގެ މަސްއޫލިއްޔަތުތައް މިއަދުން ފެށިގެން ދެން މިއޮތީ ކުރިއަށް. ކޮންމެ ދުވަހަކީ މިދެންނެވި ގައުމީ ވާޖިބު އަދާކުރާނެ ދުވަހެއް. ކޮންމެ އޮފިސަރެއްވެސް އަޒުމު ކަނޑައަޅަންވާނީ މިއަދުން ފެށިގެން ރަސްމީ މަސައްކަތުގަ ހޭދަކުރާ ކޮންމެ ދުވަހަކީ މިދެންނެވި ގައުމީ ވާޖިބު އަދާކުރުމަށާއި އަޅުގަނޑުމެންގެ ވުޒާރާ އާއި ރައްޔިތުންނަށާއި ހެއްދެވި ފަރާތަށް އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރާ އޮފިސަރުންތަކަކަށް." މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ އޮފިސަރެއްގެ އެންމެ އަސާސީ ކަމަކީ އަހުލާގުކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ތަމްރީނުން ދަސްވި ދީނީ ކަންކަމާއި އަދި މުޖްތަމައުގެ ތެރެއިން ދަސްކުރާ ރަނގަޅު ހުލްގު ދެމެހެއްޓުމަށްވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

"އެ އަޚްލާގުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ނުގުޑާފަދަ އަޒުމެއްގައި އޮންނަ އެ މީހާގެ އިންޓެގްރިޓީ. ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއްގެ އިންޓެގްރިޓީއާ ދޭތެރޭ ޝައްކު އުފެދޭ ހާލަތެއް އައިސްފިކަމަށް ވާނަމަ އެއީ ހިދުމަތުގަ އެމީހާ ފެއިލްވާ ހިސާބު." މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު