ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އަދި މި މަޝްރޫޢުގެ މުޅި ޖުމްލަ މަސައްކަތުގެ 63 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
އާބާދީގައި ގާތްގަނޑަކަށް 1،800 މީހުން ދިރިއުޅެމުން އަންނަ ފަރެސްމާތޮޑާއަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫޢުގެ ސަބަބުން ރަށުގެ ބިމުގެ ޖާގަ އިތުރުވެ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން، ރާޅު އަރައި ރަށް ގިރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޖުމްލަ 18 ހެކްޓަރުގެ ބިން ހިއްކުމާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
ދަޢުލަތުގެ ބަޖެޓުން 142.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ 270 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމަކާ ގާތަށް ދަތުރުކުރަމުން އަންނައިރު، މިއީ ފަރެސްމާތޮޑާގެ ތަރައްޤީއަށާއި ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު