ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މި އިޢުލާން ކުރި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ހެލްތު މިނިސްޓަރ އަމީން މިކަން އިޢުލާން ކުރެއްވީ ދާދި ދެންމެއަކު ދަރުބާރުގޭގައި ބޭއްވި ޕްރެސް ބްރީފިންގ އެއްގައެވެ. މުޅި ދުނިޔޭގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ކޯވިޑް 19 ރޯގާއާއި ގުޅިގެން ރާއްޖޭގައި މިއަދު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރި އިރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މިއަދު ވަނީ ކޯވިޑް އަކީ ޕެންޑެމިކެއްކަން އިޢުލާން ކޮށްފައެވެ.
ރާއްޖޭގައި މިއަދު ޞިއްޙީ ނުރައްކަލުގެ ޙާލަތު އިޢުލާން ކުރީ 2012 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އަމަލްކުރަން ފެށި "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ދަށުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިޢޫލާން ކުރިއިރު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮޑިވް 19 ރޯގާ ޖެހިފައިވާ 8 މީހަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ. މި 8 މީހުންނަކީވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު