ދިވެހިރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކޮށް، ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމްކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފާއިތުވި ދުވަސްތަކުގައި ހުޅުމާލޭ ވޯޓަރއޭޖްގައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ނާއިފްއެވެ. އަދި މި މަޝްރޫޢުގެ ދަށުން އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމްކުރެވޭ 10 ރަށުގެ ކައުންސިލްތައް ތަމްސީލުކުރައްވައި އެރަށްރަށުގެ ކައުންސިލްގެ މެންބަރުންވަނީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮޤްރާމްގެ ދަށުން ރަށްރަށުގައި ތިމާވެއްޓާ ރައްޓެހިގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫޢެކެވެ. އެގްރޯފޮރެސްޓްރީ އަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ޒަމާނީ ނިޒާމެކެވެ. މި މަޝްރޫޢުގެ ދަށުން އެގްރޯފޮރެސްޓްރީ ދަނޑު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރި ރަށްތަކުގެ ތެރޭގައި ހއ. ބާރަށް، ރ. އިނގުރައިދޫ، ކ. ކާށިދޫ، ކ. މާފުށި، ކ. ތުލުސްދޫ، މ. ވޭވަށް، ގއ. ގެމަނަފުށި، ގދ. ހޯނޑެއްދޫ، ގދ. ފިޔޯރީ އަދި ލ. އިސްދޫ ހިމެނެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ޤާއިމް ކުރެވިގެންދާ ދަނޑުތަކަކީ ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާ ކުރެވިފައިވާ، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެވިގެންދާ ނަމޫނާ ދަނޑުތަކަކަށް ވާނެއެވެ. ޤާއިމްކުރެވޭ މި ދަނޑުތައް، ކޮންމެ ދަނޑެއް ވެސް 2 ހެކްޓަރާއި 4 ހެކްޓަރާއި ދެމެދުގެ ބޮޑުމިނުގެ ދަނޑުތަކަކަށްވާނެއެވެ. މި ދަނޑުތަކުގައި މައިގަނޑުގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިމާވެއްޓާއި ގުޅޭ، ދިގު މުއްދަތަކަށް ހެއްދޭ ބާވަތްތަކާއި އަދި ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ.
މި ދަނޑުތަކުން ދިގު މުއްދަތަކަށް ކާނާގެ ބާވަތްތަކާއި، މުޑުވައްގަސް އުފެއްދުމަށް މަގުފަހި ވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި މި ބާވަތްތައް އުފެއްދޭ މިންވަރު އިތުރުވެ، މި ބާވަތްތައް ބޭރުން އެތެރެ ކުރުމަށް ކުރަން ޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެއެވެ. ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ކުރިއަރުވާ، ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ދިވެހިރައްޖޭގައި ހައްދާ ބާވަތްތައް އިތުރުކޮށް ރައްކާތެރި ގޮތެއްގައި މޭވާ އަދި ތަރުކާރީ އުފައްދާ ދިވެހިރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު