ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުގެ ދަށުން ދެއްވަދޫގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތަކާއި ސިއްހީ އަދި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބިގެންދާނެ އެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ކިނާން އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން ހޭންޑްބޯޅަ ކޯޓުގެ ކޮންކްރީޓުގެ މަސައްކަތްތަކާއި، ދަގަނޑު މަސައްކަތްތަކާއި އިކުއިޕްމެންޓު ހަރުކުރުމުގެ މަސައްކަތްތަކާއި ޓާރފް އެޅުމުގެ މަސައްކަތްތަކާއި ކަރަންޓުގެ މަސައްކަތްތައް ކުރާނެ އެވެ. 1.81 މިލިއަން ރުފިޔާއަށް މި މަޝްރޫޢު ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގަ އެވެ.
1400 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމުގެ މަސައްކަތަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ޕްރޮޖެކްޓެކެވެ. މިރަށުގައި ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެެއް ލިބިގެންދާނެ އެވެ.
ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކިކަންކޮޅުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާ އެކު ނިންމާފައެވެ. 1980 ވަނައަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. މި ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު