ތަޢުލީމީ ވުޒާރާއިން ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ އެއްވެސް މައުލޫމާތެއް ސްކޫލްތަކަށާއި، ޕްރިންސިޕަލުންނަށް އަދި ޓީޗަރުންނަށް ހިއްސާކޮށްފައި ނުވާތީ، އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، ގްރޭޑް އެކަކަށް މި ބަދަލުތައް ގެންނަން ނިންމާފައިވަނީ އަންނަ އަހަރު ކަމަށްވާއިރު، މި ހިނގާ އަހަރު ނިމެން ގާތްވެފައިވާއިރު ވެސް އެއްވެސް މައުލޫމާތެއް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ޔައުގޫބު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޓީޗަރުންނާ ހަމައަށް މި ބަދަލުތަކުގެ ވާހަކަ ގެންދަން ރާވާފައިވަނީ އެންމެ އަވަހަށް ވެސް ނޮވެންބަރު މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އެ ދުވަސްވަރަކީ ސްކޫލްތަކުގެ ފަހު އިމްތިހާނު އޮންނަ ދުވަސްވަރު ކަމަށްވުމުން، ޓީޗަރުން ބުރަކޮށް އުޅޭނީ ޓެސްޓު ޕޭޕަރުތައް މާކްކުރުމާއި ދަރިވަރުން އެސެސް ކުރުމުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަންނަ އެކަޑަމިކް އަހަރަށް ތައްޔާރުވުމަށް ޓީޗަރުންނަކަށް އެއްވެސް ވަގުތެއް ނޯންނާނެ. އަދި އޭގެ ފަހުން ސްކޫލް ބަންދަށް ގޮސް، ޖެނުއަރީގައި ސްކޫލް ހުޅުވޭއިރު އައު މަންހަޖަށް ތައްޔާރުވުމުގެ ފުރުސަތެއް ޓީޗަރުންނަކަށް ނުލިބޭނެ." ޔައުގޫބު ވިދާޅުވިއެވެ.
މީގެއިތުރުން، ޓީޗަރުންނަށް އެކަށީގެންވާ ވަރަށް ތައްޔާރުނުވެވި ކިޔަވައިދޭން ޖެހުމުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެ ކަމަށާއި، ކުދިންނަށް ލިބެންޖެހޭ ފެންވަރު ރަނގަޅު ތައުލީމު ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ބަދަލަކީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރު އެއްވެސް ފަރާތަކާ މަޝްވަރާ ކުރުމެއް ނެތި، ވަރަށް ސިއްރިޔާތުގައި ގެންނަން އުޅޭ ބަދަލެއް ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.
ކުރީ ސަރުކާރުން ގްރޭޑް 1 އިން 5 އަށް މަންހަޖަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ، އުސޫލެއްގެ ގޮތުން އެ ބަދަލު ގްރޭޑް 10 ނިމެންދެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން އެ ސިޔާސަތު ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ފެންނަނީ އަލުން އަނެއްކާވެސް ގްރޭޑް އެކެއްގެ މަންހަޖު ބަދަލުކުރަން އުޅޭ މަންޒަރު ކަމަށް ޔައުޤޫބު މިއަދު ވިދާޅުވިއެވެ. މީގެ ސަބަބުން މިހާރު ގްރޭޑް 1 އިން 5 އަށް ކިޔަވަމުންދާ ކުދިން، ކުރީގެ މަންހަޖުގައި ކިޔެވުމަށްފަހު ގްރޭޑް ހަޔަކަށް ދާއިރު އަނެއްކާވެސް ބަދަލުނުވެ އޮތް ބައު މަންހަޖަކަށް ރުޖޫއަވާން ޖެހޭ ހާލަތު މެދުވެރިވާނެތީ އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ޔައުގޫބު ވަނީ، ސްކޫލްތަކަކީ ހަމައެކަނި ފޮތްތަކުން ކިޔަވައިދީފައި ނިންމާލެވޭނެ ތަނެއް ނޫންކަން ފާހަގަ ކުރަށްވާފައެވެ. އަދި މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، ސްކޫލްތަކުގައި ފޮތުގެ ތައުލީމާއި އިތުރު ހަރަކާތްތައް ހަމަހަމަކޮށް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ނެތް ކަމުގެ ޝަކުވާ ސްކޫލްތަކުގެ ޕްރިންސިޕަލުން ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު