ގދ.ވާދޫ އަށް މެދުނުކެނޑި ރޭގައި ވެހުނު ވާރޭގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ރަށު ކައުންސިލް އިދާރާގެ ހިދުމަތްތައް މިއަދު މެދު ކެނޑިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ.
ވާދޫ ކައުންސިލްއިން ރޭ ބުނީ ވިއްސާރައިގެ ސަބަބުން އެ އިދާރާއަށް ފެން ވަދެ ވަރަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ބައެއް ސިސްޓަމް ތަކާއި ފަރުނީޗަރުތައް ހަލާކުވެފައިވާ ކަމަށާއި އަދި ލިބުނު ގެއްލުމުގައި ކައުންސިލުންދޭ ބައެއް ހިދުމަތްތައް ކުރިއަށް އޮތް ދެތިން ދުވަހު ނުދެވޭނެ ކަމަށް ބުންޏެވެ.
ކައުންސިލްއަށް ފެންވަނުމުގެ ސަބަބުން ފެން ހިއްކަން އެ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ކައުންސިލްއިން ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހުނު އިރު، ގއ، އިން ފެށިގެން އައްޑޫއާ ހަމައަށް ރޭ 11:45 އާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު