ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އެޕާޓްމަންޓުގެ ދޮރު ރިޔާޝާ ހުޅުވާލިއިރު، ސިޓިންގްރޫމުގައި ހުރި ގަޑިން ރޭގަނޑު 10:47 ވެއްޖެއެވެ. އަނެއްކާވެސް އޮފީހުގެ ރަސްމީ ގަޑި ނިމުނު ފަހުން ދިގުލައިގެން ދިޔަ ބައްދަލުވުމަކަށް ފަހު ގެއަށް ލަހުން އާދެވުނު ރެޔެކެވެ. އޭނާ އެތެރެއަށް ވަދެ، ބޫޓު ބޭލުމަށްފަހު އަތްދަބަސް ގޮނޑިމައްޗަށް ދޫކޮށްލިއެވެ.
"ޒާހިދު، ކާން ހުރީ ކޮން އެއްޗެއް؟"
ފިރިމީހާ އިނީ ކުޑަދޮރު ކައިރީގައެވެ. މަގުމަތިން ދުއްވާފައިދާ ސައިކަލުތަކުގެ ހެޑްލައިޓުގެ އަލި، ހިޔަންޏެއް ފަދައިން ދޭތެރެދޭތެރެއިން އޭނާގެ މޫނަށް އެޅެމުންދިޔައެވެ.
"ކާކަށް އެއްވެސް އެއްޗެއް ނެތް."
ރިޔާޝާ ހައިރާންވެފައި އެނބުރި ބަލައިލިއެވެ. "ކީކޭ؟ އެއްވެސް އެއްޗެއް ނެތޭ؟"
"އާނ، މިރޭ އަހަރެން އެ ކެއްކުމެއް ނުކައްކަން."
"މުޅި ދުވަހު ގޭގައި އިނދެފައި، ކާލާނެ އެއްޗެއްވެސް ދެން ތައްޔާރުކޮށްނުލީ؟"
"އާނ، ތައްޔާރެއް ނުކުރަން."
ގަބޫލުކުރަން ދަތިވެފައި ހުރެ ރިޔާޝާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. "އަހަރެން އޮފީހުން މިއައީ މަރުވާވަރު ވެގެން. ގެއަށް އަންނައިރު ކާއެއްޗެއް ހުންނާނެ ކަމަށް އުންމީދު ކުރުމަކީވެސް މިހާރު މާ ބޮޑުވަރަކީތަ؟"
ޒާހިދު އޭނާއަށް ސީދާ ބަލައިލިއެވެ. ކުރިން ނަމަ އެ ބަލާލުމުން ރިޔާޝާގެ ރުޅިގަނޑު މައިތިރިވީހެވެ. ނަމަވެސް މިރޭ އޭނާ ހުރީ ވަރުބަލިކަމާއި ރުޅީގެ ސަބަބުން އެކަން ފާހަގަނުކުރެވޭ ހިސާބުގައެވެ.
"ތީ ތެދެއް،" ޒާހިދު މަޑުމައިތިރިކަމާއެކު ބުންޏެވެ.
"ދެން ކީއްވެ ނުކެއްކީ؟"
"ދެން އެކަން ކުރަން ބޭނުން ނުވާތީ."
"ކޮން ކަމެއް؟"
"ރިޔާއަށް ކައްކައިދިނުމާއި، އަންނައުނު ދޮވެ އިސްތިރިކޮށްދިނުން. ކޮންމެ ރެޔަކު ރިޔާ ބޭނުންވާނެ ހުރިހާ ކަމެއް ތައްޔާރުކޮށްގެން، އިންތިޒާރުގައި އިނުން." މިރޭވެސް މިހާއިރު ތިއާދެވުނީ މަރުވާވަރުވީމަ ކަމަށް ދެންމެ ތިބުނީ . އެހެން ނޫންނަމަ މެންދަމުން އެކެއް ދޭއް ތިނެއް ޖިހިޔަސް ހަމަ އޮފީގަ ދޯ ހުންނާނީ"
ޒާހިދު އެހެން ބުނުމާއެކު ރިޔާޝާ އަސްލު ބުނަން އުޅުނު އެތި ބުނަން ފަސްޖެހުނެވެ. އަދި އޭނާ ބުންޏެވެ. މިހާރު އަމިއްލަ އަނބިދަރިން ބެލެހެއްޓުމަކީވެސް ބޮޑު ބުރައަކަށްވީތާދޯ ؟"
ޒާހިދު އިށީނދެގެން އިން ގޮނޑި ކައިރީގައި ބަހައްޓާފައި ހުރި ކުޑަ ދަތުރު ދަބަހުގައި ބާރަށް ހިފަހައްޓައިލިއެވެ. "ނޫން،" އޭނާ ފުން ނޭވާއެއް ލުމަށްފަހު ބުންޏެވެ. "އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައި އަހަރެންނާ މެދު ކަންތައް ކުރެވޭތީ، އެއީ ބުރައަކީ."
އެ ދަބަސް ރިޔާޝާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެއީ ފަނަރަ އަހަރުވީ ކައިވެނީގެ ބިންގާ ގުޑައިގެން ދިޔަ ވަގުތެވެ.
އެމީހުންގެ ދޮށީ އަންހެން ދަރިފުޅު އައިޝާއަށް ތޭރަ އަހަރެވެ. ހަގު ފިރިހެން ދަރިފުޅު އައިމަނަށް ނުވަ އަހަރެވެ. ވޭތުވެދިޔަ ބާރަ އަހަރު ޒާހިދު މަސައްކަތްކުރީ ރިސޯޓެއްގެ ޕާޗޭސިންގް ޑިޕާޓްމަންޓުގައެވެ. އޭނާ ރަށުން ބޭރުގައި ދިގު މުއްދަތަކަށް ހުރުމަށްފަހު އެނބުރި އަންނަނީ އާއިލާއަށް ބޭނުންވާ ހުރިހާ ތަކެއްޗާއި، ކުދިންނަށް ސިއްރުން ގެންނަ ކުދިކުދި ހަދިޔާތަކާއެކުގައެވެ. ރިޔާޝާ އެކައުންޓިންގް ދާއިރާއިން ކިޔަވަން ބޭނުންވި ދުވަހު ހުރިހާ ޚަރަދެއް ބެލެހެއްޓީ ޒާހިދެވެ. ދަންވަރު ހޭލައި އިނދެ ކިޔަވަން އިންނައިރު ހިތްވަރުދީ، ކޮފީ ތައްޔާރުކޮށްދިނީވެސް އޭނާއެވެ. ރިޔާޝާގެ ފުރަތަމަ އިންޓަވިއުއަށް ދިއުމުގެ ކުރިން ޖެހިލުންވެގެން ރޮވުނު ވަގުތު، އޭނާގެ ކައިރީގައި އިނދެ "ރިޔާއަށް މިކަން ވާނެ، އެމީހުން ފުރުސަތު ނުދިނަސް އަހަރެން ރިޔާއާ މެދު ފަޚުރުވެރިވަން" ބުނެ ހިތްވަރު ދިނީވެސް ހަމަ ޒާހިދެވެ.
ނަމަވެސް ރިސޯޓުގެ މެނޭޖްމަންޓް ބަދަލުވެ، ޒާހިދުގެ ވަޒީފާ ގެއްލުނެވެ. ފުރަތަމަކޮޅު އެއީ ވަގުތީ ކަމެއް ކަމަށް ހީކުރެވުނަސް، އެތައް އިންޓަވިއުތަކަކާއި މަސައްކަތަކަށް ފަހުވެސް ދާއިމީ ވަޒީފާއެއް ނުލިބުނެވެ. އޭނާ ވަގުތީ މަސައްކަތްތައް ކުރަން ފެށިއެވެ. ގެއަށް ވަންނަ މައިގަނޑު އާމްދަނީއަކަށް ވެގެންދިޔައީ ރިޔާޝާގެ މުސާރައެވެ. ދިރިއުޅުމުގެ ޚަރަދުތަކުގެ ބުރަ ބޮޑުވެ، ރިޔާޝާގެ ހިތުގައި އުފެދުނު ބިރުވެރިކަމާއި ނުތަނަވަސްކަން މަޑުމަޑުން ޒާހިދާ ދިމާލަށް އަމާޒުވާން ފެށިއެވެ.
" ޒާހިދު ކުރެހިފައިވާ އަޑަކުން ބުންޏެވެ. " އަހަރެންގެ ވަޒީފާ ގެއްލުމުން، އަހަރެން ރިޔާގެ ފިރިމީހާގެ ޒިންމާއަކުން ދުރަކަށް ނުދަން."
"އަހަރެންނަށް އެނގޭ،" ރިޔާޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ހަމަ ހަގީގަތުގައިވެސް އެނގޭތަ؟" ޒާހިދު ކުދިންގެ ކޮޓަރީގެ ދޮރަށް ބަލައިލިއެވެ. "ފައިސާ ނުހޯދުނަސް، އަހަރެން މި އާއިލާ ފުރިހަމައަށް ބެލެހެއްޓިން. ކުދިން ސްކޫލަށް ގެންދިއުމާއި، އެކުދިންލައްވާ ފިލާވަޅު ހެއްދުމާއި، ކެއްކުމާއި، ގޭތެރެ ސާފުކުރުމުގެ އިތުރުން އައިމަން ބަލިވެގެން އުޅުނު ރޭތަކުގައި ހޭލައި އިނީ އަހަރެން. އަހަރެން މިއިން އެއްވެސް ކަމެއް ކުރީ ޝަކުވާއަކާ ނުލައި، ރިޔާއަށް ލުއިކޮށްދޭން."
ޒާހިދު ދެއްކި ވާހަކަތަކުން ރިޔާޝާގެ ހިތަށް ބާރުބޮޑުވަމުން ދިޔައެވެ. މަންމަގެ ގޭގައި އޮތް ޖާފަތެއްގެ ތެރޭގައި އެންމެންގެ ކުރިމަތީގައި ޒާހިދަށް ކުރި މަލާމާތާއި، އޮފީސް ރައްޓެހިންގެ ކުރިމަތީގައި އޭނާ ކުޑަކޮށްލި ހަނދާންތައް އެއްފަހަރާ އޭނާގެ ސިކުނޑިއަށް ވެރިވިއެވެ. ހަމައެކަނި ސަމާސާއެއްގެ ގޮތުގައި ދެއްކި ވިހަގަދަ ވާހަކަތަކުން ފިރިމީހާގެ ހިތް ކުދިކުދިވަމުން ދިޔަކަން އޭނާއަށް އިހުސާސްވީ އަދި ކިރިޔާއެވެ.
މޭޒުމަތީގައި ޒާހިދު ބޭއްވި ބާވެފައިވާ ކަރުދާސްކޮޅު ފެނުމުން ރިޔާޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެއީ އައިމަން ކުރަހާފައިވާ ކުރެހުމެކެވެ. ބައްޕަ ގޭތެރޭގައި ކުރާ ބުރަ މަސައްކަތްތައް ދައްކުވައިދޭ އެ ކުރެހުމުގެ ތިރީގައި ލިޔެފައިވެއެވެ: 'ބައްޕަ ކުރާ ކަންތައްތައް.'
"މިކުރެހުމުންވެސް މިހާމަވަނީ އަހަރެމެންގެ ކުޑަދަރިފުޅަށްވެސް އޭނާގެ ބައްޕަގެ އަގު އޭނާގެ މަންމައަށް ވިސްނައިދޭންޖެހޭ ކަމަށް ގަބޫލުކުރެވޭކަން،" ޒާހިދުގެ އަޑު ތުރުތުރުއެޅިއެވެ.
ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށް ބަލައިލެވުނެވެ. ދޮރުމަތީގައި ތިބީ ރޮވިފައި ތިބި ދެ ކުދިންނެވެ. ޒާހިދު ދަނީކަން އެނގުމުން އެކުދިން އައިސް ބައްޕަގެ ގައިގައި ބައްދައިގަތެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ބައްޕަ އަބަދުވެސް އެކުދިންގެ ކައިރީގައި ހުންނާނެ ކަމުގެ ޔަގީންކަން ޒާހިދު ދިނެވެ. އަދި މަންމަދެކެ ރުޅިނައުމަށާއި، މަންމަ އެ އުޅެނީ ވަރަށް ވަރުބަލިވެގެން ކަމަށް ބުނެ ދަރިންގެ ހިތުގައި މައިމީހާއަށް އޮތް ލޯބި ސަލާމަތްކޮށްދިނީވެސް ހަމަ ޒާހިދެވެ.
ކުދިން ނިދަން ދިއުމުން ރިޔާޝާ ޒާހިދުގެ ފައިބުޑަށް ތިރިވެ، ކަރުނައަޅަމުން މަޢާފަށް އެދުނެވެ. "އަހަރެންނަށް މަޢާފުކުރޭ، ޒާހިދު. އަހަރެން ހުރީ ވަރަށް ބޮޑަށް ބިރުގެންފައި. މިކަންކަން އިސްލާހުކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގެ."
ޒާހިދު މަޑުމައިތިރިކަމާއެކު ރިޔާޝާގެ އަތް ދުރުކޮށްލިއެވެ. "ރިޔާ ދެރަވެއްޖެކަން އަހަރެން ގަބޫލުކުރަން. އެކަމަކު މިރޭ އަހަރެން މިތަނުން ދާންޖެހޭ. މިގޮތުގައި އަހަރެންގެ އަމިއްލަ ނަފުސުގެ އަގު ވައްޓާލައިގެން ދެން އިތުރަކަށް ނޫޅެވޭނެ އަހަރެން ވަރަށް ކެތްކޮށްފިން." ދަބަސް ހިފައިގެން ޒާހިދު ހިނގައިގެންފިއެވެ.
ޒާހިދު ދަބަސް ހިފައިގެން ނުކުމެގެން ދިޔުމުން، ފަޅުވެފައިވާ ބަދިގެއަށް ރިޔާޝާ ވަނެވެ. އަލަމާރި ހުޅުވާލިއިރު މާދަމާއަށް ކުދިންގެ ކާބޯތަކެތި ތަށިތަކަށް އަޅައި، ނަން ޖަހައި ތަރުތީބުކޮށްފައި ހުއްޓެވެ. ކެޓަލް ކައިރީގައި އޮތީ ރިޔާޝާގެ އޮފީސް ހެދުމެވެ. ގެއިން ނުކުމެގެން ދިޔުމުގެ ކުރިންވެސް، ޒާހިދު ވަނީ އެ ހެދުން ފަރުވާތެރިކަމާއެކު އިސްތިރިކޮށް ނިންމާފައެވެ. އެ މަންޒަރު ފެނުމުން ރިޔާޝާގެ ކަކޫމައްޗަށް ވާގިނެތި، ތަޅުންގަނޑުމައްޗަށް ތިރިވެވުނެވެ. އޭނާ އެކަނި އިނދެ ގިސްލަމުން ރުޔެވެ.
ވިދިގެން އައި ދުވަސްތަކަކީ ރިޔާޝާއަށް ހަގީގަތާ ކުރިމަތިލާން ޖެހުނު ދުވަސްތަކެކެވެ. ކުދިން ސްކޫލަށް ފޮނުވުމާއި، ގޭތެރޭގެ އެންމެހައި ކަންކަން އެކަނި ބަލަހައްޓަން ޖެހުމުން، ވޭތުވެދިޔަ އަހަރުތަކުގައި ޒާހިދު އުފުލި ބުރަ އޭނާއަށް ވަޒަންކުރެވުނެވެ. ކުރިން އަމިއްލައަށް ހަމަޖެހޭ ކަންކަން ކަމުގައި ހީކުރެވުނު ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ ޒާހިދުގެ ބުރަ އުނދަގޫ މަސައްކަތްކަން އޭނާއަށް ވިސްނުނެވެ.
ރިޔާޝާ އޭނާގެ ގޯސްތައް ގަބޫލުކުރިއެވެ. މަންމަގެ ގާތަށާއި، ދައްތަގެ އިތުރުން ރައްޓެހިންގެ ކުރިމަތީގައިވެސް ޒާހިދާ މެދު އޭނާއަށް ކަންތައް ކުރެވުނީ އިންސާފުން ނޫންކަން ހާމަކޮށް، ކުރިން ބުނެވުނު ބަސްތައް އަނބުރާ ގެންދިޔައެވެ. އަދި ހިތުގެ އަޑިން އެދި، ޒާހިދަށް މާފަށް އެދި މެސެޖެއް ފޮނުވިއެވެ. އެ މެސެޖުގައި އޭނާ ދެއްކި ހަމައެކަނި ވާހަކައަކީ، އަމިއްލަ ކުށް ގަބޫލުކުރާ ވާހަކައާއި، ޒާހިދަށް ކުރެވުނު އަނިޔާތަކަށް ލަދުވެތިވާ ވާހަކައެވެ. ވަގުތުން ޖަވާބަކަށް އެދި އޭނާ ބާރެއް ނާޅައެވެ.
ތިން ހަފުތާ ފަހުން، އެ ދެމަފިރިން މޫދު ކައިރީގައި ހުރި ބެންޗެއްގައި ބައްދަލުވިއެވެ. ޒާހިދުގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓަސް، އޭނާގެ އަޑުގައި ކުރިން ހުރި ޖެހިލުންވުމެއް ނެތެވެ. ރިޔާޝާ ވަނީ އަމިއްލަ ނަފްސު އިސްލާހުކުރުމަށް ކައުންސެލިންގްގެ އެހީތެރިކަން ހޯދަން ފަށާފައެވެ.
ހުޅުމާލޭގެ ފުއްޓަރު ފަރާތު ހިތްގައިމު ގޮނޑުދޮށުގައި އެ ދެމަފިރިން ބައްދަލުކުރި އިރު އެ ދެމީހުން ތިބީ އެތަނުގައި ހުރި ބެންޗެއްގެ ދެކޮޅުގައެވެ. ދެމީހުންގެ ދެމެދުގައި ބޮޑު ހުސް ޖާގައެއް އޮތެވެ. އެއީ ކުރިން އެއްވެސް އިރެއްގައި އެ ދެމެދުގައި އޮތް ޖާގައެއް ނޫނެވެ. އިރުއޮއްސެން ކައިއިރިވަމުން ދިޔަ އެވަގުތުގައި އެ ދެމަފިރިންގެ ދެމެދުގައި އޮތް ފުން ހިމޭންކަން ފޫއަޅުވާލީ އަތިރިމައްޗަށް ބީއްސާލި ރާޅުތަކުގެ އަޑެވެ.
ރިޔާޝާ މަޑުމަޑުން އިސްއުފުލައި ޒާހިދުގެ މޫނަށް ބަލައިލިއެވެ. "ޒާހިދު... އަހަރެން ހަނދާން އެބަހުރި އަހަރެމެން އަލަށް ކައިވެނިކުރި ދުވަސްކޮޅު. ކުޑަކުޑަ ކޮޓަރިއެއްގައި، އެންމެ ފަންކާއެއްގެ ދަށުގައި އުޅުނު ދުވަސްތައް. އޭރު އަހަރެމެން އަތުގައި މާގިނަ ފައިސާއެއް ނެތް. އެކަމަކު އަހަރެމެން އެކަކު އަނެކަކަށް ހިނިތުންވި. އަހަރެން ޒާހިދުއަށް އިހުތިރާމްކުރިން."
ޒާހިދު ފުން ނޭވާއެއް ބޭރުކޮށްލަމުން ދުރަށް ބަލައިލިއެވެ. "އެއީ ފައިސާގެ ތަނަވަސްކަން ނެތަސް، ހިތުގެ މުއްސަނދިކަން އޮތް ދުވަސްވަރު، ރިޔާ. އެކަމަކު ވަޒީފާ ގެއްލުނު ދުވަހުން ފެށިގެން، ރިޔާގެ ލޮލުން އަހަރެންނަށް ފެންނަން ފެށީ ހަމައެކަނި ބޭކާރު މީހެއްގެ ސޫރަ."
"އަހަރެންނަށް މާފުކުރޭ،" ރިޔާޝާގެ އަޑު ތުރުތުރުއެޅިއެވެ. "އަހަރެން ހީކުރީ އަހަރެންގެ ވަރުބަލިކަން ޒާހިދުއަށް ވިސްނޭނެ ކަމަށް. ކޮންމެ މަހަކު ކުލި ދައްކަން ޖެހޭ ދުވަސް ކައިރިވާއިރު، އަހަރެންގެ ބޮލުގައި ރިއްސާ ރިހުން ޒާހިދުއަށް ފެންނާނެ ކަމަށް."
"ވިސްނުނު! ވަރަށް ރަނގަޅަށް ވިސްނުނު،" ޒާހިދުގެ އަޑުގައި މިފަހަރު ހުރީ ވޭނީ އަސަރެކެވެ. "އެހެންވެގެންނެއްނޫންތަ އަހަރެން ރިޔާ ހޭލުމުގެ ކުރިން މުޅި ގޭތެރެ ކުނިކަހައި ސާފުކުރީ؟ އޮފީހުން އަންނަންވާއިރަށް ފެންވަރާނެ ހޫނުފެން ތައްޔާރުކޮށް، ކާނެ އެއްޗެހި މޭޒުމައްޗަށް އަޅައި މަތިއަޅާފައި ބެހެއްޓީ؟ އަހަރެން އެ މަސައްކަތްތައް ކުރީ އަހަރެންނަކީ އަންހެނަކަށް ވެގެންނެއް ނޫން. ނޫނީ ރިޔާގެ ނޯކަރަކަށް ވެގެންނެއްވެސް ނޫން. އަހަރެން އެކަން ކުރީ ފިރިއެއްގެ ޒިންމާ އަދާކުރަން، ރިޔާއަށް ހިތްހަމަޖެހުމެއް ހޯދައިދޭން. އެކަމަކު ރިޔާ އެނބުރި އައިސް އަހަރެންނާ ދިމާލަށް އެއްލާ ބަސްތަކުން އަހަރެންގެ ހިތް ކުދިކުދިވި. ރިޔާ އެއްދުވަހަކު ބުނީމެއްނު، 'އަހަރެން މީ މިގޭގައި ހުންނަ އިތުރު ފަރުނީޗަރެކޭ'؟"
ރިޔާޝާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އޭނާ ދެއަތުން މޫނު ފޮރުވާލިއެވެ. "އަހަރެން... އަހަރެން އެހެން ބުނީ ގަސްތަކު ނޫން، ޒާހިދު."
"ގަސްތުގައި ނުބުންޏަސް، އެ ބަސްތައް އަހަރެންގެ މޭ ފޫއަޅުވާލި،" ޒާހިދު މަޑުމައިތިރިކަމާއެކު ބުންޏެވެ. "އެންމެ ބޮޑަށް ދެރަވީ ކޮން ދުވަހަކު އެނގޭތަ؟ އައިޝާ އޭނާގެ ރައްޓެހި ކުއްޖަކު ގެއަށް ގެނައި ދުވަހު. ރިޔާ އައިސް އަހަރެން ބަދިގޭގައި ހުއްޓާ އެ ކުއްޖާގެ ކުރިމަތީގައި ބުނީ، 'ދަރިފުޅުގެ ބައްޕައަކީ ވަޒީފާއެއް ނެތް މީހެއް، އެހެންވެ ގޭގައި ކައްކަން ހުންނަނީ' މިހެން. އެވަގުތު އައިޝާގެ މޫނުމަތިން ފެނުނު ލަދުވެތިކަން އަހަރެންގެ ހިތުގައި އަދިވެސް ބިންވަޅުނެގިފައި އެބައޮތް. ރިޔާ އަހަރެންގެ ގަދަރާއި އަގު އަހަރެންގެ އަމިއްލަ ދަރިންގެ ކުރިމަތީގައި ވައްޓާލީ."
ރިޔާޝާ ގިސްލަމުން ޒާހިދުގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ޒާހިދު މަޑުމަޑުން އަތް ދަމައިގަތެވެ.
ޒާހިދު، އަހަރެން މިހާރު ކައުންސެލިންގްއަށް ދަނީ އަހަރެންގެ ސިކުނޑީގައި ހުރި މި ވިހަ ވިސްނުންތައް ނައްތާލަން،" ރިޔާޝާ އާދޭހާއެކު ބުންޏެވެ. "ޑޮކްޓަރު ބުނި އަހަރެން އަމިއްލަ ބިރުވެރިކަން އެހެން މީހުންގެ ބޮލަށް އަޅުވަނީއޭ. އަހަރެން ބޭނުން އަހަރެމެންގެ ދިރިއުޅުން އަލުން ފަށަން. ދަރިންނަށްޓަކައި... ނޫން، އަހަރެމެން ދެމީހުންނަށްޓަކައި."
ޒާހިދު ހިނިތުންވެލީ ހިތި ގޮތަކަށެވެ. "އަހަރެމެން ދެމީހުންނަށްޓަކައި އަލުން ފަށަން ބޭނުންވިޔަސް، ކުރީގެ އެ ހިތްދަތި ދުވަސްތައް ފަސޭހައިން ހަނދާން ނައްތައެއް ނުލެވޭނެ، ރިޔާ. އަހަރެމެންގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމް އެވަނީ ގެއްލިފައި. އަހަރެން ރިޔާއަށް އަދިވެސް ނަފުރަތެއް ނުކުރަން. އަދި އަހަރެމެން ދެމީހުންގެ ގުޅުމަށް އަހަރެންގެ ހިތުގައި އަދިވެސް ޖާގައެއް އެބައޮތް. އެކަމަކު އަހަރެން މިހާރު ޖެހިލުންވޭ އަނެއްކާވެސް އެ އެޕާޓްމަންޓަށް ވަންނަން. ކޮންމެ ދުވަހަކު އަހަރެންގެ އަމިއްލަ ނަފުސު ކުޑަކޮށް، ބޭކާރު މީހެއްގެ އިހުސާސް ކުރަން އަހަރެން ބޭނުމެއް ނޫން."
"އަހަރެން ބަދަލުވާނަން، ޒާހިދު. އަހަރެން މިހާރުވެސް ބަދަލުވެއްޖައިން،" ރިޔާޝާ ބުންޏެވެ. "އިއްޔެ އޮފީހުގައި ހުރެފައި އަހަރެން ގެއަށް އައީ ކުދިން ގޮވައިގެން ބާޒާރުކުރަން. އަހަރެން ފުރަތަމަ ފަހަރަށް އަމިއްލައަށް ކެއްކިން. ތެލިތައް ދޮވެ، ތަށިތައް ނެގިން. އެ ހުރިހާ ކަމެއް ކޮށް ނިމުނުއިރު އަހަރެންގެ ބުރަކަށީގައި އަޅަމުންދިޔަ ވޭނުން އަހަރެންނަށް ހަނދާންވީ ޒާހިދު މަތިން. ޒާހިދު އެކަން ކުރީ ހިނިތުންވެ ހުރެ، އަހަރެމެންނަށްޓަކައި. އަހަރެންނަށް ޒާހިދުގެ އަގު ވަޒަންނުކުރެވުނީ ކީއްވެގެން ކަމެއް އަހަރެންނަކަށް އެއްގޮތަކަށްވެސް ނުވިސްނުނު."
ޒާހިދު އުޑުމައްޗަށް ބަލައިލިއެވެ. ތަރިތައް ފަނޑުވަމުން ދިޔައެވެ. "އަހަރެން ވަޒީފާއެއް ހޯދައިފިން، ރިޔާ. ކުރިން އުޅުނު ފެންވަރުގެ ވަޒީފާއެއް ނޫން. ކުޑަ ގުދަނެއްގެ ސުޕަވައިޒަރެއްގެ ގޮތުގައި. މުސާރަ ކުޑަ، އެކަމަކު އެއީ އަހަރެންގެ އަމިއްލަ ދާއޮހޮރުވައިގެން ހޯދާ ހަލާލު އެއްޗެއް."
ރިޔާޝާގެ ލޮލުން އުފަލާއި ހިތާމައިގެ ކަރުނަ އެއްފަހަރާ ފައިބައިގަތެވެ. "މަރުހަބާ، ޒާހިދު... އަހަރެން ވަރަށް އުފާވެއްޖެ."
"ޝުކުރިއްޔާ،" ޒާހިދު ބުންޏެވެ. "އަހަރެން މި ވަޒީފާ ގަބޫލުކުރީ އެއްގޮތަކަށްވެސް ރިޔާއަށް ސާބިތުކޮށްދޭކަށް ނޫން. އަހަރެންގެ އަމިއްލަ ނަފުސުގެ އިއްޒަތް އަނބުރާ ހޯދަން. އަހަރެން އަދިވެސް ރިޔާ ދެކެ ލޯބިވޭ. އެކަމަކު އަހަރެންނަށް ވަގުތު ބޭނުން. އަހަރެންގެ ހިތުގައި އަޅާފައިވާ ޒަޚަމްތައް ފަސޭހަވާން ވަގުތު ބޭނުން."
ރިޔާޝާ ކަރުނަތައް ފޮހެލަމުން ބޯޖަހައިލިއެވެ. "އަހަރެން އިންތިޒާރުކުރާނަން. ޒާހިދު އަހަރެންނަށްޓަކައި އެތައް އަހަރަކު އިންތިޒާރުކުރި ފަދައިން، މިފަހަރު އަހަރެން ޒާހިދަށްޓަކައި އިންތިޒާރުކުރާނަން. ޒާހިދު އެނބުރި އަންނަން ތައްޔާރުވާ ދުވަހަކުން، ޒާހިދުއަށް މަރުހަބާ ކިޔާނީ ކުރީގެ ރުޅިވެރި ރިޔާޝާއެއް ނޫން. ކުރިއާހިލާފަށް ފިރިޔަކަށް ހައްގުވާ ގަދަރާއި އިހުތިރާމް ދޭނެ އަނތްބެއް."
ޒާހިދު ތެދުވެ ރިޔާޝާއަށް ބަލައިލިއެވެ. މިފަހަރު އޭނާގެ ދެލޮލުގައި ކުރިން ހުރި ފިނިކަމެއް ނެތެވެ. އެ ދެލޮލުން ފެންނަނީ އުންމީދީ ކުލަވަރެވެ.
"މާދަމާ ހަވީރު އަހަރެން އަންނާނަން ކުދިން ގޮވައިގެން އައިސްކްރީމް ބޯން ދާން. ރިޔާވެސް އަންނަން ބޭނުމިއްޔާ... އާދެވިދާނެ،" ޒާހިދު މަޑުމަޑުން ބުންޏެވެ.
ރިޔާޝާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. "އާނ، އަހަރެން ދާނަން."
ޒާހިދު ދުރަށް ހިނގައިގަތުމުން، ރިޔާޝާ އެ ދިމާއަށް ބަލަހައްޓައިގެން އިނެވެ. މިއީ ވަގުތުން ހުރިހާ ކަމެއް ރަނގަޅުވި ރެއެއް ނޫނެވެ. ނަމަވެސް، މިއީ އެތައް ދުވަހަކަށް ފަހު ދެމީހުންގެ ހިތުގައިވެސް ހަގީގީ ބަދަލަކަށް މަގުފަހިވި، އުންމީދުގެ އާ ދޮރެއް ހުޅުވުނު ރެއެކެވެ.
"މާދަމާ އަހަރެން ކުދިން ބަލާ އަންނާނަން،" ވަކިވާން ހިނގައިގަންނަމުން ޒާހިދު ބުންޏެވެ.
"ޝުކުރިއްޔާ،" ރިޔާޝާ މަޑުމައިތިރިކަމާއެކު ބުންޏެވެ.
އެރޭ ރިޔާޝާ ގެއަށް އައިސް ކެއުން ތައްޔާރުކުރިއެވެ. މޭޒުމަތީގައި އިތުރު ތައްޓެއް ނުބެހެއްޓި ނަމަވެސް، ޒާހިދު އެތައް އަހަރެއް ވަންދެން އުފުލި ހިތްދަތިކަން މިރޭ ފުރަތަމަ ފަހަރަށް އޭނާއަށް ފުރިހަމައަށް އިހުސާސްވިއެވެ. މީހަކުދެކެ އިންތިހާއަށް ލޯބިވާއިރުވެސް، އެމީހަކު އަނބުރާ އަންނާނެކަމުގެ ޔަގީންކަމެއް ނެތި އިންތިޒާރުގައި ހުރުމަކީ ކިހާ ވޭންދެނިވި ކަމެއްކަން މިހާރު އޭނާއަށް އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު