ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ވަރުގަދަކުރުމުގެ ގޮތުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަން ފެށުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމަށެވެ. އެގޮތުން، މި ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު، މިއަދުން ފެށިގެން ހަތް ދުވަހުގެ ފަހުން، ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތް ކުރިއަށް ގެންދާއިރު، ގަވާއިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ޙިއްޞާކުރަމުން ގެންދާނެއެވެ." އިޢުލާނުގައިވެއެވެ.
އެހެންކަމުން، އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ އުޅަނދުގެ ވެރިފަރާތަށް ނުވަތަ ދުއްވި ފަރާތަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ނިޒާމުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ މަރުޙަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ޚާއްޞަ ސަމާލުކަމެއް ދީގެން ބަލާނެ ސަރަހައްދުތަކާއި މަގުތައް މިހާރު ވަނީ ކަނޑައަޅާފައެވެ.
ފުރަތަމަ މަރުޙަލާގައި ފިޔަވަޅު އަޅަން ފަށާނެ ސަރަހައްދުތައް:
ހޮސްޕިޓަލްތައް ހުންނަ ސަރަހައްދު
ސްކޫލްތައް ކައިރި
ކަފިހި ހުރަސްތައް
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޕާކިންގ ސްލޮޓްތައް
މާލޭގެ މައި މަގުތައް: މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް)
ހުޅުމާލެ ފޭސް 1: ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު
ހުޅުމާލެ ފޭސް 2: ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު
މި އައު ބަދަލާ ގުޅިގެން ކަމާބެހޭ އިޤްތިޞާދީ ވުޒާރާއިން ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ޤާނޫނު ތަންފީޒުކުރުމުގައި ޢާންމު ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބެމުންދާ އެއްބާރުލުމަށް އެވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު