ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އަމާން ޓަވަރު"ތަކުގެ ދެ ހައުސިންގ ޔުނިޓެއްގެ ކުލި ނުދައްކައިގެން، އެ ޔުނިޓުތަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބާތިލުކޮށް، އެ ތަންތަން ހުސްކުރުމަށް އަންގައިފިއެވެ.
އެފްޑީސީން މިއަދު ބުނީ، މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ހަވާލު ކުރުމުގެ ކުރިން އެ ކޯޕަރޭޝަނާއެކު ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ވަނީ ފުރުސަތު ދީފައެވެ.
މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކުލި ދެއްކުމަށް ފޮނުވޭ ނޯޓިސް (ޕޭމަންޓް ޑިފޯލްޓް ނޯޓިސް) ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައެވެ. މި ހުރިހާ ނޯޓިސްތަކެއް ވެސް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން އެ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.
އެފްޑީސީން ބުނީ ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ފުރުސަތުތަކެއް ދެވި، ކަނޑައެޅިފައިވާ މުއްދަތު ހަމަވެގެން ދިޔައިރުވެސް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކުރުމަށް ނިންމީ ކަމަށެވެ. އަދި ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ދެ ޔުނިޓު ހުސްކޮށް އެފްޑީސީއާ ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައެވެ. މީގެ އިތުރުން، އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލެވިފައެވެ.
މި ފިޔަވަޅުތަކަކީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒު ކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅުތަކެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އަދި ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ނޯޓިސް ދީ، ޒިންމާތައް އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާއެކު، ހައުސިންގ ޔުނިޓުތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.
އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކެވުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު