ޕެސިފިކް ކަނޑުގައި މިހާރު އުފެދެމުން އަންނަ އެލްނީނޯ އިވެންޓަކީ ރެކޯޑު ކުރެވިފައިވާ ތާރީޚުގައި ވެސް ފެނިގެންދާނެ އެންމެ ވަރުގަދަ އެއް ހަރަކާތަށް ވުމުގެ ފުރުސަތު ބޮޑު ކަމަށާއި، މި ކަމުގެ އަސަރު އެންމެ ގަދައަށް ފޯރާނީ އަންނަ ޑިސެމްބަރު މަހު ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު "މޯލްޑިވްސް ކްލައިމެޓް އަޕްޑޭޓް" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެލްނީނޯ އިތުރަށް ބާރުގަދަވެ، އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކުގެ ލޮނުގަނޑުގެ ފިނިހޫނުމިން ވަނީ އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައެވެ. މޫސުމީ މޮޑެލްތަކުގެ އަންދާޒާތަކަށް ބަލާއިރު، އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މި ހޫނުމިން އިތުރަށް އުފުލި، އަހަރު ނިމޭ ހިސާބުގައި އޭގެ އެންމެ މަތީ ދަރަޖައަށް ވާސިލުވާނެއެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) އާ ހަވާލާދީ މެޓް އޮފީހުން ފާހަގަކުރި ގޮތުގައި، މި އިވެންޓުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މަތިވެ، ވިއްސާރަވުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މީގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވާއިރު، އަނެއްބައި ހިސާބުތަކަށް ހަނަފަސްކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
ދުނިޔެއަށް އަންނަމުންދާ މި ބަދަލުތަކުގެ އަސަރު ރާއްޖެއިން ވެސް ވަނީ ފެންނަން ފަށައިފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް، ރާއްޖޭގެ ފިނިހޫނުމިން އާންމު ހާލަތަށް ވުރެ މަތީގައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. ޚާއްސަކޮށް ޖޫން މަހުން ފެށިގެން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިޔައިރު، ބައެއް ހިސާބުތަކުގައި ފިނިހޫނުމިން ވަނީ އާންމު މިންވަރަށް ވުރެ 2 ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް މައްޗަށް އަރައިފައެވެ.
މީގެ އިތުރުން ހަނިމާދޫ، ހުޅުލެ، ކާޑެއްދޫ އަދި އައްޑޫ ގަމުގެ މެޓް ސްޓޭޝަންތަކުން ވެސް ރެކޯޑުކުރެވުނު އެންމެ މަތީ ފިނިހޫނުމިން ހުރީ އާންމު މިންވަރަށް ވުރެ މަތީގައެވެ. އޭގެ ތެރެއިން ވެސް ހަނިމާދޫގައި ޖުލައި މަހު ފިނިހޫނުމިން ވަނީ އާދައިގެ މިންވަރަށް ވުރެ ގާތްގަނޑަކަށް 2 ޑިގްރީ މައްޗަށް ގޮސްފައެވެ. އަދި ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހަކީ ދުނިޔޭގެ ތާރީޚުގައި ވެސް ދެވަނައަށް އެންމެ ހޫނުގަދަ ސެޕްޓެމްބަރު މަހެވެ.
ވިއްސާރަ ވެހުނު މިންވަރަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެދުގައި ބޮޑެތި ފަރަގުތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މެއި މަހު ހަނިމާދުއަށް އާންމު މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހުނު ނަމަވެސް، ޖުލައި މަހު އެ ރަށަށް ވެހުނު ވާރޭގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ހަމައެއާއެކު، ސަރަހައްދީ މޫސުމަށް އަސަރު ފޯރުވާ އަނެއް މުހިންމު ކަމެއް ކަމަށްވާ އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) ޕޮޒިޓިވް ފޭސްއަކަށް ބަދަލުވަމުން އަންނަ ކަމުގެ އަލާމާތްތައް ވެސް ވަނީ ފެނިފައެވެ.
މި ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނޭދެވޭ އަސަރުކޮށް ގާހުދުވުމުގެ ފުރުސަތު އޮތުމުން، ކަނޑުގެ މާހައުލަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން އާންމު ސިއްހަތަށް، ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށާއި، ބައެއް ސަރަހައްދުތަކަށް ކުއްލިއަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތުމާއެކު، ކާރިސާތަކާ ބެހޭ އިދާރާތަކުން އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތައްޔާރީ ހާލަތުގައި ތިބުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

El Niño strengthened in September 2026, with the Niño 3.4 index reaching +2.1°C and expected to peak in December. Read the full MMS update: https://t.co/75DXRg11xG https://t.co/u7FzKBOFAo
— Maldives Meteorology (@MetMaldives) October 14, 2026
ވިއްސާރަ ވެހުނު މިންވަރަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެދުގައި ބޮޑެތި ފަރަގުތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މެއި މަހު ހަނިމާދުއަށް އާންމު މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހުނު ނަމަވެސް، ޖުލައި މަހު އެ ރަށަށް ވެހުނު ވާރޭގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ހަމައެއާއެކު، ސަރަހައްދީ މޫސުމަށް އަސަރު ފޯރުވާ އަނެއް މުހިންމު ކަމެއް ކަމަށްވާ އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) ޕޮޒިޓިވް ފޭސްއަކަށް ބަދަލުވަމުން އަންނަ ކަމުގެ އަލާމާތްތައް ވެސް ވަނީ ފެނިފައެވެ.
މި ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނޭދެވޭ އަސަރުކޮށް ގާހުދުވުމުގެ ފުރުސަތު އޮތުމުން، ކަނޑުގެ މާހައުލަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން އާންމު ސިއްހަތަށް، ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށާއި، ބައެއް ސަރަހައްދުތަކަށް ކުއްލިއަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތުމާއެކު، ކާރިސާތަކާ ބެހޭ އިދާރާތަކުން އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތައްޔާރީ ހާލަތުގައި ތިބުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު