ހުޅުމާލޭގައި ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި، ހުޅުމާލޭ ރީތިގަސްމަގާއި އަމީން އެވެނިއު ގުޅޭ ކަންމަތީގައި ފުލުހުންތަކެއް ވަނީ ހަރަކާތްތެރިވެފައެވެ.
އަދި އަނިޔާވި ފުލުހުންގެ ތެރެއިން އެކަކު އެމްބިއުލާންސަށް އަރުވާ މަންޒަރުވެސް އެ ވީޑިއޯތަކުން ފެނިގެން ގޮސްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރީތިގަސްމަގުން ދުއްވާފައިދިޔަ ކާރަކާއި، ގޯޅިއަކުން ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.
އަދި މި ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އެ ދެ ފުލުހުންނަށް ފަރުވާދެމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު