ކ. ގުރައިދޫގައި މިިދިޔަ ބުދަ ދުވަހު ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ 16 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ދިވެހި ފިރިހެން މީހާ އައިޖީއެމްޗުގައި އަތުގެ ސާޖަރީއެއް ހެދުމަށް ފަހު މިހާރު އޮތީ ވޯޑަށް ދޫކޮށްލައިފައެވެ. އޭނާގެ ހާލު މިހާރު ސްޓޭބަލްއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު