މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިނގި މަގުމަތީ އެކްސިޑެންޓުތަކުގެ އަދަދު 2،000 އަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް ޖުމުލަ 9،912 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކެވެ. އެގޮތުން ވައްކަމުގެ 2،753 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެކްސިޑެންޓްތަކުގެ 2،379 މައްސަލައެއް މިހާތަނަށް ވަނީ ރެކޯޑުކުރެވިފައެވެ. މީގެ އިތުރުން، ހިނގަމުން މިދާ މަހުގެ މިހާތަނަށް އެކަނިވެސް 96 އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
ޚާއްސަކޮށް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ ފަރާތްތަކާއި މަގުމަތީގެ ގަވާއިދުތަކަށް ބޯނުއަޅާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ވަނީ ވަރުގަދަކޮށްފައެވެ.
މަގުމަތީގެ އަމާންކަން ގާއިމުކުރުމުގެ ގޮތުން، ގަވާއިދާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު ބަދަލުތައް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާރު ވަނީ ތަންފީޒުކުރަން ފަށައިފައެވެ.
އަލަށް އަމަލުކުރަން ފެށި އުސޫލުތަކުގެ ދަށުން، ގަވާއިދާ ޚިލާފަށް އަދި ރަޖިސްޓަރީނުކޮށް ދުއްވާ އުޅަނދުތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، މިފަދަ ކަމެއް ފުރަތަމަ ފަހަރަށް ކޮށްފިނަމަ 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް އެ އަމަލު ތަކުރާރުކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާއިރު، ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނީ ހުރިހާ ރައްޔިތުންވެސް ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ޒިންމާދާރުކަމާއެކު އުޅަނދުފަހަރު ދުއްވައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު