އިންޑިއާގެ މުމްބާއީގެ ޖޫހޫ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް، ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޓައިގަރ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޔަކު ބަޑީގެ ނުރައްކާތެރި ހަމަލާއެއް ދީފިއެވެ.
މިރޭ ހިނގި މި ހާދިސާގައި ޓައިގަރ ޝްރޮފަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވި ނަމަވެސް، އޭނާގެ ޑްރައިވަރަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި، މި ހަމަލާދިން މީހުން ދެނެގަނެ، އެމީހުން އަތުލައިގަތުމަށްޓަކައި ޚާއްޞަ 12 ޓީމެއް އެކުލަވާލައިގެން މިހާރު ވަނީ ފުޅާ ދާއިރާއެއްގައި ތަހުގީގު ފަށާފައެވެ.
އަދި ހަމައެއާއެކު، ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ފުރިހަމައަށް ދިރާސާކޮށް، ކުށްވެރިން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް މުމްބާއީ ފުލުހުން ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު