ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު--
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު--
މި އަހަރު ނިމުމަށް ފަހު ދެން ދައްކަން އެހާ ބޮޑެތި ދަރަނިތަކެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދާ "އަހާ ފޯރަމް"ގެ 10 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ދަރަނި ދައްކަނީ އެއީ ކުރަން ޖެހޭ ކަމެއްކަން އެނގިގެން ކުރިއާލާ ތައްޔާރުވެގެން ކަމަށެވެ.

އަދި ދަރަނި ދައްކަން ސޮވަރިން ޑިވޮލޮޕަމްމަންޓްއަށް ވެސް ފައިސާ ޖަމާކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ބޭރުގެ ދަރަނިތައް ދައްކަން ޖެހެނީ ޑޮލަރުން ކަމަށްވާތީ ބޭރު ފައިސާ ލިބޭނެ ގޮތްތައް މަގުފަހިކުރަން ގާނޫނުތަކަށް އިސްލާހުގެނެސްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިހާރު ދައްކަން އޮތް ދަރަނިތައް އަޅުގަނޑުމެންނަށް އެހާބޮޑު ދަރަނިތަކެއް ދައްކާކަށް އެ އޮބްލިގޭޝަންއެއް މި އަހަރު ނިމުމަށް ފަހު ނެތް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ދައްކަންހުރި ދަރަންޏަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން މެނޭޖުކުރެވޭނެ ދަރަނިތަކެއް" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ދަރަނިތައް ދެއްކުމުގައި މި އަހަރު ދިމާވި ގޮންޖެހުންތަކާ އެއްވަރުގެ ގޮންޖެހުންތައް ދިމާނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް