“އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ”ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން--
“އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ”ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން--
ސަގާފީ ތަރިކަ ހިމާޔަތްކުރަން ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ހުރިހާ ގައުމުތަކަށް ވެސް ތަނަވަސްވާން ޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 16އިން 20އަށް ޗައިނާގެ ހާންގްޒޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ބާއްވާ “އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ”ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ތަގުރީރުކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަގައުމުތަކަށް، ސަގާފީ ތަރިކަ ގެއްލުމަކީ ހަމައެކަނި އާސާރީ ތަނެއް ގެއްލުން ނޫންކަމަށް ސިފަކުރައްވައި، ހަގީގީ ގެއްލުމަކީ ގައުމީ ވަންތަކަމާއި، ޖަމާއީ ހަނދާންތަކާއި، އަލުން ނުހޯދޭނެ ފަދަ މިފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން ކަމުގައި ވިދާޅުވެފައެވެ.

އަދި ހަމައެހެންމެ ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ހުރިހައި ޤައުމުތަކަށް ވެސް ތަނަވަސްވުމުގެ މުހިންމުކަމުގެ މައްޗަށް ހީނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

"ދިވެހީންގެ މާދަރީ ދިވެހިބަހާއި، އަމިއްލަ އިލްމާއި، އަދި ރާއްޖެ ފަދަ ކުދި މުޖުތަމައުތަކުގެ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ތަމްސީލުވާންޖެހޭ،" ވަޒީރު ހީނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ތަގުރީރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު 2040 ވަނަ އަހަރުގެ ތަސައްވުރަށް ރިއާޔަތްކުރައްވާ ވިދާޅުވީ، ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅަކީ ގައުމީ ފިކުރެއްކަމަށް ސިފަކުރައްވައި، މިކަން ހާސިލްކުރުމަށް އެންމެ އިސްކަމެއް ދެއްވައިގެން ދިވެހީންގެ އަމިއްލަ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ދެއްވާ ޚާއްސަ ސަމާލުކަން ފާހަގަކުރެއްވިއެވެ.

އަދި ގައުމީ ސިޔާސަތުތަކާއި، މުއައްސަސާތަކަށް ގެނެވޭ އިސްލާހުތަކާއި، އަދި ތަރައްގީގެ ކަންކަން ބިނާވެފައިވަނީ ގައުމީ މި ދުރުރާސްތާ ވިސްނުންފުޅުގެ މަތީން ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް