ކ. ތިލަފުށި
ކ. ތިލަފުށި
ކ. ތިލަފުށީގައި ބަހައްޓަން މަސައްކަތްކުރަމުންދާ އިންސެނެޜޭޓަރުގެ މަސައްކަތް 2028ގެ މެދުތެރޭގައި ނިމޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

އިންސެނެރޭޓަރަކީ ވަރަށް ގަދަ ހޫނު ބޭނުންކޮށްގެން ކުނި އަންދައި ކުނީގެ އަދަދު މަދުކުރަން ބޭނުންކުރާ ޒަމާނީ މެޝިނެކެވެ.

މިރޭ ކުރިއަށް ދާ "އަހާ ފޯރަމް"ގެ 10 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ ތިލަފުށީގައި އިންސިނެޜޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް މިހާރު ވެފައިވާ ކަމަށެވެ.

އަދި އެ މަަސައްކަތް މިހާރު އޮތީ ހުއްޓިފައި ކަމަށާއި ނަމަވެސް އެކަން ވަރަށް އަވަހަށް ފެއްޓޭވަރުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ޕްލޭނަކީ އިންސެނެޜޭޓަރު އަޅުގަނޑު ހަނދާންވަނީ 2028 ވަނަ އަހަރުގެ މެދުތެރެއަށް މަސައްކަތް ނިންމާލުން. މިހާރު ހުރި ހިސާބަކީ އިންސެނެރޭޓަރުގެ އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް 40 އިންސައްތަ މި ވަގުތަށް ނިމިފަ އެހެރީ"މިނިސްޓަރު ވިދާޅުވިއެވެ.

އިންސިއުނޭޓަރު ބެހެއްޓުމުން ގިނަވަމުންދާ ފައިބަރުތަކުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް