ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ތެލާއި ގޭސް ބޭނުންކުރުން ހުއްޓާލުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަށީގެންވާ ބަދަލު ވަސީލަތްތައް ނުލިބި އެކަން ނުކުރެވޭނެ ކަމަށާއި، ކާބަން މަދުކުރުމުގެ ނަމުގައި ދިވެހި ރައްޔިތުން އަނދިރީގައި ތިބެން ބޭނުންނުވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ޑީޑަބްލިއު ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ރާއްޖެއިން މިހާރުވެސް އަންނަނީ ވަރަށް ގާތުން ތަހައްމަލު ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި އެތައް އާއިލާއެއްގެ ގެދޮރު ގެއްލި، އާންމުންގެ އާމްދަނީއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން މަސްވެރިކަން ދަށަށް ގޮސް، ފަރުތައް ހުދުވުމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ސީދާ ގޮތެއްގައި ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މޫސުމީ މަހާސިންތާ (ކޮޕް) ގައި ރާއްޖެއިން އަޑުއުފުލާތާ 31 އަހަރު ވެފައިވާއިރު، ޕެރިސް އެއްބަސްވުމަކީ ދުނިޔެ އެއްބައިވަންތަކޮށްދިން އުއްމީދީ ފެށުމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެ އެއްބަސްވުންތަކުގެ ދަށުން ނަތީޖާ ނެރެވޭ ދުވެލި ލަސްވުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޝަރީފް ވިދާޅުވީ، ދުނިޔެ ހޫނުވުމުގައި ރާއްޖޭގެ ދައުރު ކިތަންމެ ކުޑަނަމަވެސް، އޭގެ އެންމެ ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައިވަނީ ރާއްޖެ ފަދަ ނާޒުކު ކުދި ގައުމުތަކަށް ކަމަށެވެ.
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބިމުގެ ޖާގަ ނެތުމުގެ ސަބަބުން ހަމައެކަނި ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކޮށްގެން މުޅި ގައުމަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭނެ ކަމަށެވެ. އެހެންކަމުން މާކަނޑުގައި "ފްލޯޓިން ސޯލާ" ނިޒާމުތައް ގާއިމުކުރުމަކީ ހަމައެކަނި އޮތް ހައްލު ކަމަށްވާއިރު، ރާއްޖޭގެ ބޮޑެތި ރާޅުތަކާއި ގަދަ އޮއިވަރުގެ ތެރޭގައި އެފަދަ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމެއްގެ އާބާދީގެ ދިރިއުޅުމަށާއި ކުރިއެރުމަށް ކަރަންޓަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން ރައްޔިތުން އަނދިރީގައި ބައިތިއްބައިގެން ކާބަން ނިއުޓްރަލް ވުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ރާއްޖެ ތައްޔާރަށް އޮތް ނަމަވެސް އެކަން ކުރެވޭނީ އިތުބާރު ހުރި ބަދަލު ނިޒާމުތައް ފޯރުކޮށްދީގެންނެވެ.
މީގެއިތުރުން، އެކި ގައުމުތަކުގެ މަސްލަހަތު ތަފާތު ނަމަވެސް މުޅި ދުނިޔެ ގުޅިގެން މި މަސައްކަތުގައި އެއްބަސްވުންތަކަށް އައުން މުހިންމު ކަމަށާއި، އައު ނިޒާމުތަކެއް ހޯދުމަށްވުރެ މިހާރު އޮތް ބައިނަލްއަގުވާމީ ނިޒާމު އިސްލާހުކޮށް ވަރުގަދަކުރުން މާ ބޭނުންތެރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ރާއްޖެ ފަދަ ގައުމުތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުތައް ފަހިކޮށްދިނުމުގެ އިތުރުން، އަމިއްލަ ބޮޑެތި ވިޔަފާރިތަކަށް މި ދާއިރާއިން އިންވެސްޓް ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީގެން މެނުވީ މި ގޮންޖެހުންތަކުން އަރައިނުގަނެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު