ސްވިޒަލެންޑުގެ ޖެނީވާގައި މި ނޮވެމްބަރު މަހުގެ 16 އިން 20 އަށް ކުރިއަށްދިޔަ 'ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް' (ޖީ.އެފް.ސީ) ގެ ބައިނަލްއަގުވާމީ ފުރަތަމަ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސަކީ ކެމިކަލް އަދި ކުނިން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ސިނާއީ ދާއިރާގެ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން ބައިވެރިވިއެވެ.
މި ކޮންފަރެންސްގެ ތެރެއިން މި އޮނިގަނޑު (ފްރޭމްވޯކް) ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން، މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް (ގްލޯބަލް އިންޑިކޭޓަރސް) ކަނޑައެޅުމާއި، މިކަން ތަންފީޛުކުރުމަށް ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނެއެވެ.
މީގެ އިތުރުން، ތަރައްގީމުން އަންނަ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ގާއިމުކޮށްފައިވާ 'ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު' ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ވެސް މި ކޮންފަރެންސްގައި ވަނީ ފާސްކޮށްފައެވެ.
މި ކޮންފަރެންސްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕްރޮޖެކްޓް މެނޭޖަރު ހަސަން އަޒްހަރެވެ. އަދި މި ފްރޭމްވޯކް ތަންފީޒުކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސައްކަތުގެ ޕްރޮގްރާމާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކުލަވައިލި 'ކޮންޓެކްޓް ގްރޫޕް' ގެ ކޯ-ޗެއަރގެ މަގާމު ވެސް ހަސަން އަޒްހަރު ވަނީ ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު