އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު
ބާޒާރުގައި ކެރެޓްގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށާއި، މިހާރު އެ މައްސަލަ ހައްލުވެފައިވާތީ އަގުބޮޑުކޮށް ކެރެޓް ނުވިއްކުމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މުޙައްމަދު ސައީދު މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެރެޓް ކިލޯއެއްގެ އަގު އުފުލެން މެދުވެރިވި ސަބަބާ ގުޅޭގޮތުން އާންމުން ކުރަމުންދާ ސުވާލުތަކާ ގުޅިގެން ބެލިބެލުމުން، އެކަން ދިމާވީ ސަޕްލައި ކުރުމުގެ މައްސަލައަކުންކަން ސާފުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، ބާޒާރުގައި ކެރެޓްގެ ދަތިކަން (ޝޯޓޭޖް) އައި ވަގުތުވެސް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކެރެޓް ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.





މީގެއިތުރުން، ސަޕްލައި މައްސަލަ ދިމާވި އަމިއްލަ ކުންފުނިތަކުގެ މުދާވެސް މިހާރު ޕޯޓުން ކްލިއަރ ކުރެވިފައިވާ ކަމަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ބާޒާރުގައި ދެން ކެރެޓް އަގުބޮޑުކޮށް ނުވިއްކަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ހާމަކުރެއްވި ގޮތުގައި، ބާޒާރުގެ ޑިމާންޑާ އެއްވަރަށް ތަކެތި ފޯރުކޮށްދިނުމަށްޓަކައި، މި ވަގުތުވެސް އެސްޓީއޯއިން އިތުރު ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް