ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހާސިލުކުރެވުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، ދައުލަތަށް އަދާނުކުރެވިދާނެކަމުގެ ބިރު ހީވެފައި އޮތް ބޮޑު ދަރަނި ޚަލާޞްކުރައްވައި، ރާއްޖެއަށް މާލީ އިތުބާރު އަލުން ހޯއްދަވައިދެއްވުން ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީން ގެނެސްދިން "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، 2026 ވަނަ އަހަރު ރާއްޖެއިން އަދާކުރަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ އިންޒާރު، 2023 ވަނަ އަހަރުގެ ތެރޭގައި ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ދެމުންދިޔަ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދައުލަތަކުން އެއްފަހަރާ ދައްކަންޖެހުނު އެންމެ ބޮޑު ދަރަނިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިފަދަ ނާޒުކު އަދި ދަތި ދަނޑިވަޅެއްގައި، ދަރަނި ނެގުމަށްޓަކައި ރަހުނުކޮށްފައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ ރައްޔިތުންގެ މުހިންމު ހަރުމުދާތައް ސަލާމަތްކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމު ބަނގުރޫޓުވިޔަ ނުދިނުމަށް އެމަނިކުފާނު އެޅުއްވި ހަރުދަނާ އަދި ޙިކުމަތްތެރި ފިޔަވަޅުތަކުގެ ސަބަބުން، ދަރަނި އަދާނުކުރެވުމުގެ ނުރައްކަލުން (ޑިފޯލްޓްވުމުން) ރާއްޖެ ސަލާމަތްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ މާލީ އިތުބާރު އަލުން ޤާއިމުކުރެވި، ޤައުމުގެ އިޤުތިޞާދު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ ޖާގަ މިހާރު ތަނަވަސްވެފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު